English Edition
Dhivehi Edition

މިދިޔަ މަހު އެކަނިވެސް ރާއްޖެއަށް 3 މިލިއަން ލީޓަރުގެ އެނާރޖީ ޑްރިންކް އެތެރެކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ. ކަސްޓަމްސް އިން އެ ސާވިސްގެ ފޭސްބުކްގައި ހާމަކުރި މައުލޫމާތެއް ގައި ވާގޮތުން ދުވާލަކު ރާއްޖެއަށް 2000 ލީޓަރުގެ ކަޅު ހަމުގެ 4 ހަމުގެ އެނާރޖީ ޑްރިންކް އެތެރެކުރެއެވެ.

އެނާރޖީ ޑްރިންކް އަކީ ހަށިގަނޑަށް ފައިދާއަށްވުރެ އެތައް ގުނައަކަށް ގެއްލުންދޭ އެއްޗެކެވެ. އެގޮތުން އެނާރޖީ ޑްރިންކްސް ގައި ހަކުރުގެ މިންވަރު އެހާ ގިނަވެފައި ކެފެއިންނާއި، ޓޯރިން ގިނަ އަދަދަކަށް އެކުލެވެއެވެ. އާދައިގެ ކޮފީ ތައްޓެއްގައި ހުންނަ ވަރަށްވުރެ އެނާރޖީ ޑްރިންކް ގައި ކެފެއިން އެކުލެވޭ މިންވަރު އިތުރެވެ.

ރާއްޖެއަށް އެތައް ބާވަތެއްގެ އެނާރޖީ ޑްރިންކް އެތެރެކުރާ އިރު ގިނަ އެއްޗިހީގައި އާދައިގެ މޭޒުމަތީ ސަމްސާގެ 7 ސަމްސާ ހަކުރު ހުރެއެވެ. ހަކުރު މިވަރަށް ހުންނަ އިރުގައިވެސް ދުވާލެއްގެ މައްޗަށް ދެތިން އެނާރޖީ ޑްރިންކް ބޯ މީހުން އުޅެއެވެ. އަދި ހުސްބަނޑާ ހެނދުނު ހެނދުނާ އެނާރޖީ ޑްރިންކް އެއް ނުބޮވެންޔާ ބައެއް މީހުންނަށް ދުވަސް ރަނގަޅަށް ނުފެށެވެ.

ރަނގަޅު ސިއްހަތަށް އެދޭނަމަ ހަކުރާއި ލޮނުގެ ބައި މަދުކުރަން، ސިއްހީ މާހިރުން އަބަދުވެސް އިރުޝާދު ދެއްވައެވެ. އެނާރޖީ ޑްރިންކް އެންމެ ގިނައިން ބޯކަން ދިރާސާ ތަކުން ފާހަގަ ކުރެވެނީ ޒުވާނުންނެވެ. މިއީ އަދުން އަދަށްވެސް ހުއްޓާލަން ޖެހޭ ކަމެކެވެ.