English Edition
Dhivehi Edition

1761 ވަނަ އަހަރު ހިނގި ތާރީހީ ހަނގުރާމައިގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު “ޕާނިޕަޓް”ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ބަތަލާ ކްރިތީ ސެނަން އާއި އަރްޖުން ކަޕޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ސަންޖޭ ދަތުގެ ހުނަރުވެރި މޮޅު އެކްޓިންވެސް ފެނިގެންދާނެއެވެ. އަޝުތޯޝް ގޮވަރިކާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޒީނަތު އަމަން އާއި މޮހޮނިޝް ބޭލް އާއި ފަދްމީނީ ކޯލަ ޕުރީ ގެ އިތުރުން ކުރީގެ އެކްޓަރ ޝަޝީ ކަޕޫރުގެ ދަރިފުޅު ކުނާލް ކަޕޫރުވެސް ފެނިގެންދާނެއެވެ.

އަންނަ މަހުގެ 6 ވަނަދުވަހު ސިނަމާތަކުގައި ދެއްކުމަށް ހަމަޖެހިފައިވާ މި ފިލްމުގައި ސަންޖޭދަތު ފެނިގެންދާނީ އަހްމަދު ޝާހު އަބްދަލީގެ ރޯލުންނެވެ.އަރުޖުންގެ އަނބިމީހާގެ ރޯލުން ކްރިތީ ފެނިގެންދާއިރު މި ފިލްމުގައި ދައްކުވައިދެނީ އިއްޒަތާއި ރަސްކަމާއި ހެދި ކުރެވޭ ހަނގުރާމައެއްގެ ވާހަކައެވެ.

ތިން ގަޑިއިރާ ތިރީސް މިނިޓްގެ މި ފިލްމުގައި ޓްރެއިލަރ އާއްމުކުރިތާ 24 ގަޑިއިރުވެސް ނުވަނީސް 7 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޓްރެއިލަރ ބަލާފައެވެ.

ޓެގު