English Edition
Dhivehi Edition

ހއ.އަތޮޅުން ގދ.އަތޮޅަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ނެރުނު ހުދު ސަމާލު ގައި ވިދާޅުވީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. މި ސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ ފަތިހު 0530 އިން 0830 އަށެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ.

ވައި ޖެހޭނެ ގޮތަށް ބަލާއިރު މެޓުން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން އެހެން ހިސާބުތަކަށް ހުޅަނއުތުރާއި އުތުރުން، ހުރިހައި ހިސާބަކަށް ވެސް ގަޑިއަކު 8 މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ. ރާޅުގެ އުސްމިން ހުންނާނީ 2-5 ދެމެދަށް ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.