English Edition
Dhivehi Edition

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ގެ ކުޅިވަރު އެމްބެސެޑަރ އަކަށް ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލްފާޟިލް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައިފިއެވެ.

ސިފައިންގެ ކުޅިވަރު އެމްބެސެޑަރ ކަމަށް އަސްޢަދު ހަމަޖައްސަވައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި އެމްއެންޑީއެފް ފުޓްސަލް ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ އިދާރާގެ ކުޅިވަރު އެމްބެސެޑަރގެ ގޮތުގައި ދިވެހި ކުޅިވަރުގެ މައިދާނުގައި ސިފައިން ޕްރޮމޯޓްކޮށް، ސިފައިންނަށް ރީތި ނަން ހޯދައިދީ ދިވެހި ސިފައިންގެ މެދުގައި ކުޅިވަރުގެ ރޫޚް އާލާކޮށް ދިރުވުމުގެ މަސައްކަތުގައި އަލްފާޟިލް އަސްޢަދު ޢަބްދުލްޣަނީ 2 އަހަރު ދުވަހަށް މަސައްކަތް ކުރައްވާގޮތައް ހަމަޖެހިފައިވާ ކަމަށެވެ.