English Edition
Dhivehi Edition

ފިޔާ ބަރުކޮށްގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ “އެމްއެސްވީ އާކް އޮފް ގޯޑް” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓްގައި ތިބި މީހުން ކަނޑުވެފައި ތިއްބައި، އެހެން ބޯޓަކަށް ނަގައިފި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު މެންދުރު 13:10 ހާއިރު ކަމަށެވެ.

އަޑިޔަށް ދިޔަ އެ ވޯޓުގައި 9 މީހުން ތިބިކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފް އިން ބުނީ މި 9 މީހުން ކަނޑުވެފައި ތިއްބައި، ނަގާފައިވަނީ މާލެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ދަތުރުކުރަމުންދިޔަ ރާއްޖޭގެ ބޯޓެއް ކަމުގައިވާ “ވީބީ ޕްރޮގްރެސް” ނަމަކަށް ކިޔާ ބޯޓަކުން ކަމަށެވެ. އަދި،މި ބޯޓު، ކަނޑުމަތިން ނެގި މީހުންނާއެކު މިހާރު ދަތުރުކުރަމުންދަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ވަނުމަށެވެ. މިބޯޓާއެކު، އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

ބޯޓުން ދަތުރުކުރި 9 މީހުންގެ ހާލު ރަނގަޅު ކަމަށް ވަނީ އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.