English Edition
Dhivehi Edition

އޮޑިޓް ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މާލިއްޔަތު ކޮމިޓީގައި ދިރާސާކުރައްވަމުން ގެންދަވާ “ޤާނޫނު ނަންބަރު 4/2007( އޮޑިޓް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު” އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް ވާ ނަމަ 30 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ކޮމިޓީގެ މެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އޮޑިޓް ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު އެވެ. އަދި މި ބިލް މަޖިލީހަށް ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި 77 މެމްބަރުންގެ ތެރެއިން 71 މެމްބަރުންގެ އިއްތިފާޤުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ 6 މެމްބަރުން ތިއްބެވި އެވެ.