English Edition
Dhivehi Edition

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން(އެމްއެމްޕީއާރުސީ)ގެ ބޮޑު ހިިޔާނާތުގެ މައްސަލައިގައި ފުލުހުންގެ އިސްފަރާތްތަކަކާއި އެހެން ވެސް ބައެއް ފުލުހުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

މިއަދު ފުލުހުން ބުނީ އެމްއެމްޕީއާރުސީ ގެ ތެރެއިން ހިންގި ހިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވެފައިވާ ކަމުގެ ތުހުމަތުކުރެވިފައިވާތީ މި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުން އަންނަ ކަމަށެވެ.ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާތީ އެކަމުގައި ޝާމިލުވާ ފުލުހުންގެ އަދަދު ހާމަކުރަން ދަތިކަމަށާއި އެ މައުލޫމާތު ފަހުން ހާމަކުރާނެކަމަށެވެ. މީގެ އިތުރުން މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ގިނަ އިދާރާތަކެއްގެ ބައިވެރިވުމާއި އިހުމާލު އޮތްކަމަށް ތުހުމަތުކުރެވިފައިވާއިރު އިއްޔެ ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމްވެސް ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.