English Edition
Dhivehi Edition

އައްޑޫ ސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު 01:00 ހާއިރު، ފުލުހުންގެ އިންޓެލިޖެންސާސް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އުމުރުން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ އެއާޕޯޓުން ހުއްޓުވައި ބަލާފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހި ހުރި ކޮތަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންނުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ދީފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މިހާރު މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.