English Edition
Dhivehi Edition

އުމުރުން 30 އަހަރުގެ ޖާމަން އަންހެނެއް ކަމަށްވާ މިޝޭލް އޭނަ ފަސް އަހަރުވަންދެން ޑޭޓް ކުރަމުން އައި މަތިންދާ ބޯޓާ ކައިވެނި ކުރަން ތައްޔާރުވަމުން ދާ ކަމަށް ބުނެފިއެވެ.

މިޝޭލް ބުނާގޮތުން “ޑާލިންގ” ގެ ނަމުން އޭނަ މުހާތަބު ކުރަމުން އަންނަ އެ މަތިންދާ ބޯޓު ދެކެ އޭނަ އަށް ލޯބިޖެހުނީ 2013 ވަނަ އަހަރު އޭނަ އަލަށް މަތިންދާ ބޯޓުން ކުރި ދަތުރުގައެވެ. އޭގެ ފަހުން  އޭނަ ދަތުރުކުރި ބޮއިންގ 737-800 ޕެސެންޖާ ޖެޓްދެކެ އޭނައަށް ވަނީ ހަގީގީ ލޯބިވެފައެވެ. ދަސަން އާ ވާހަކަ ދައްކަމުން މިޝޭލް ބުނެފައިވަނީ  މަތިންދާ ބޯޓުގައި ދަތުރުކުރުމަކީ އޭނަ  އުފާވާ ކަމެއް ކަމަށާއި ދަތުރުގައި ލިބޭ ހިތްހަމަ ޖެހުމަކީ އޭނަ މިބޯޓު ދެކެ ލޯބިވެވުނު ސަބަބު ކަމަށެވެ.

މަތިންދާ ބޯޓާ ޑޭޓް ކުރަމުން އަންނަތާ 5 އަހަރުވެފައި ވީނަމަވެސް މިޝޭލް ބުނީ އުދުހޭ މޭޝިނެއް ދެކެ ލޯބިވުމަކީ ވަރަށް އުނދަގޫކަމެއް ކަމަށެވެ. ނަމަވެސް އޭނަ މިހާރު އެންމެ ބޭނުންވާ އެއްޗަކީ މިމަތިންދާ ބޯޓު ކަމަށާއި އޭނަ އުފާކޮށްދެނީވެސް މިމަތިންދާ ބޯޓު ކަމަށް މިޝޭލް ބުންޏެވެ.

މިޝޭލް ކައިވެނިކުރަން ތައްޔަރުވަމުން އަންނަ ވާހަކަ މީޑިއާ އާ ހިއްސާކުރި ނަމަވެސް ކައިވެނި ކުރާނެތާރީހެއް ބުނެފައިނުވެއެވެ.

މިޝޭލްގެ މިއަމަލު ފެނިފައި ސިއްޙީ މާހިރުން ބުނަނީ، އޭއަށްވަނީ “އޮބްޖެކްޓް ޓޮޕިލިއާ” ކިޔާ ބައްޔެއް ޖެހިފައިވާ ކަމަށެވެ. މިބަލި ޖެހިފައިވާ މީހުންނަކީ ދިރުމެއް ނުވާ އެއްޗިއްސަށް ލޯބި ޖެހޭމީހުންކަމަށްވެސް މާހިރުން ބުނެއެވެ.

ދާދިފަހުން އުމުރުން 32 އަހަރުގެ ޔުގަންޑާ އަންހެނަކުވެސް ވަނީ އިންނާނެ ރަނަގޅު ފިރިހެނަކު ނުލިބޭކަމަށް ބުނެ އަމިއްލަ ނަސްފާ ކައިވެނިކޮށްފައެވެ. މިކަހަލަ ބައެއް ކަންކަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރަމުން އަންނާތީ މީހުން ތުހުމަތު ކުރަނީ އެމީހުން މިފަދަ އަމަލުތައް ކުރަމުން ދަނީ  މީހުންގެ ސަމާލުކަން ހޯދުމަށް ކަމަށެވެ.

 

 

 

 

 

1 ކޮމެންޓް
ee
އޮކްޓޯބަރު 19, 2019
Ee