އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ ހަނދާނީފިލާ ފަސް ފަރާތަކަށް އަރުވައިފި
4 ހަފްތާ ކުރިން
އާމިނަތު ޚާލިސާ

އައްޑޫ ސިޓީ މީދޫއަށް އެކި ރޮގު ރޮގުން ހިދުމަތްކުރައްވާފައިވާ ފަސް ފަރާތަކަށް އެކަމުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މީދޫ އެކުވެރިންގެ ޗޭނުން ހަނދާނީ ފިލާ އަރުވައިފިއެވެ.

ރޭ ސ.އަތޮޅު މަދަރަސާގައި ކުރިއަށްދިޔަ އެ ޖަމްމިއްޔާގެ 09 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި އެ ޖަމްމިއްޔާއިންވަނީ މީދޫ އަށް ހިދުމަތްކޮށްދެއްވާފައިވާ ކަނބަލުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. މި ގޮތުން މި އަހަރު ހިތްވަރުދިނުމުގެ ހަނދާނީ ފިލާ އެރުވި ފަރާތްތަކަކީ:

Advt

Advertisement

  • ސައީދާ މުހައްމަދު ދީދީ، ނަރުގިސް، ސ.މީދޫ

ސައިދާ މުހައްމަދު އަކީ އަންހެނުންގެ ކޮމިޓީގައި ދިގު މައްދަތަކަށް ހިދުމަތްކުރައްވާފައިވާ  އަދި އެކޮމިޓީގެ ރައިސާ ކަންވެސް ދިގު މުއްދަތަކަށް ކުރައްވާފައިވާ ހީވާގި ކަނބަލެކެވެ. 25 އަހަރު ގެ ދިގު މުއްދަތަކަށް ކަށް ހިނެވުމުގެ މަސައްކަތްކޮށްފައިވާ ސައީދާއަކީ މީދޫއަށް އިޖްތިމާއީ ގޮތުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލެކެވެ.

  • އާމިނަތު ރަހްމާ، ހުވަދުމާވާދީ، ސ.މީދޫ

އުމުރުން 15 އަހަރުން ފެށިގެން، ބައްޕަ ލޮލުގެ ބަލިތަކަށް ބޭސްކުރާ މަންޒަރު ފެނި އެކަމަށް އުފެދުނު ޝައުގާއެކު އެ މަސައްކަތްކުރަމުންދާ ރަހްމާ އަކީ ލޮލުގެ ބަލިތަކަށް ފަރުވާދެއްވާ ކަނބަލެކެވެ.  ބައެއް ފަރާތްތަކަށް މި މަސައްކަތް ދަސްކޮށްދެއްވާ ރަހްމާ އެންމެ ދެކެން ބޭނުންވާ ދުވަކީ އާިލާގެ ޒުވާން މެމްބަރަކު ރަހުމާއާއި އޭނަގެ ބައްޕަ ކުރެއްވި މަސައްކަތް ކުރައްވާނެ ދުވަހެކެވެ

  • އައިޝަތު ޝީރީން، ސަންރޭ، ސ.މީދޫ

އުމުރުން 13 އަހަރުން ފެށިގެން މަންމަ ކުރައްވާ މަސައްކަތުގައި ބައިވެރުވެ ދިވެހި ބޭސްވެރިކަމާއި، ކަވާޖެހުމާއި، ފޫޅުމައިކަމާއި، ޖަމާއަތްތެރިކަން ކުރައްވަން ފެއްޓެވި އައިޝަތު ޝީރީން އަކީ ހިތްވަރުގަދަ މުރާލި ކަނބަލެކެވެ. 74 އަހަރުގެ ޝީރީންގެ ބަލި ހާލަތު ހުރި ގޮތުންމިހާރު މަސައްކަތައި ދުރުގައި އުޅެންޖެހުނު ނަމަވެސް ޝީރީންގެ ހިދުމަތް ނުލިބޭ އެންމެ ދަރިއެއްވެސް މީދޫގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

  • އާމިނަތު ސޫދާ، ނަސްރުއްސަބާ، މީދޫ

އުމުރުން 25 އަހަރުން ފެށިގެން ދިވެހި ބޭސް ވެރިކަންކުރުމާއި މީހުން ވިއްސުމުގައިހަރަކާތްތެރިވަމުން އަންނަ ސޫދާއަކީ ހިތްވަރުގަދަ މަސައްކަތްތެރި އަންހެން ކަނބަލެކެވެ. ފޫޅުމައިންގެ އެހީތެރިއެއްގެ ގޮތުގައި 20 އަހަރު ހިދުމަތްކޮށްދީފައިވާސޫދާ އަކީ ކުދިން ވިހައިގެން ދޭ ހިލާބޭސް ހެދުމާއި ބޮނޑިތާން ދެމުމުގައި އެފަދަ ދެވަނަ އެއް ނެތް ފަރާތެކެވެ. އުމުރުން 86 އަހަރުގެ ސޫދާގެ އެންމެ ބޮޑު އުއްމީދަކީ އަދިވެސް މިފަދަ ހިދުމަތްކުރުން މަތީ ދެމިހުރުމެވެ.

  • ސައީދާ ހަސަންތައްޙާން، ހަޒާރީވިލާ، ސ.މީދޫ

ސައީދާ އަކީ ޖަމާއަތްތެރިކަމުގެ މަސައްކަތުގައި އުޅުއްވާތާ 21 އަހަރުވެފައިވާ ކަނބަލެކެވެ. ސައިދާ މި މަސައްކަތުގައި މިއަދާ ހަމައަށް ދެމިހުރުމުގެ އެންމެ ބޮޑު ސިއްރަކީ މި މަސައްކަތަށް ހުރި ޝައުޤުވެރިކަމާއެކު އެހެންމީހުންގެ ސިއްރުތައް ހިފެހެއްޓާ މީހެއްގެ ގޮތުގައި މީހުންނަށް ކުރެވިފައިވާ ބޮޑު އިތުބާރެވެ. 18 އަހަރުގެ ދިގު މުއްދަތަކަށް އަންހެނުންގެ ކޮމިޓީގެ ރައީސާ ކަމާއި އަދި އެހެނިހެން މަގާމްތައް އަދާކޮށްފައިވާ ސައީދާވަނީ މުޖްތަމައު އަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ.