English Edition
Dhivehi Edition

އެމްޑީޕީގެ އިންތިހާބުގައި، ޕާޓީގެ ނައިބު ރައީސްގެ މަގާމު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑޫ އުއުްމީދެއް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ކަމަށް ވާދަކުރައްވަވާނެ ކަމަށް މިހާރު ރަސްމީކޮށް އިއުލާނުކުރައްވަވާފައި ވާއިރު ، މިއަދު ފޯމު ހުށަހެޅުއްވެވުމަށް ފަހު ކެމްޕޭނުގެ ހަރަކާތް ފައްޓަވާނެ ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި އެމްޑީޕީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގެ މަގުޞަދުގައި އަސްލަމް އެ މަގާމަށް ކުރިމަތި ލައްވަވާއިރު އެނާ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތްއެބަ އޮތް ކަމަށެވެ.

ކުރިއަށް އޮތް އެމްޑީޕީގެ އިންތިހާބުގައި، އަސްލަމްގެ އިތުރުން ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަމަށް، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވަނީ އިއުލާން ކުރައްވަވާފައެވެ. ޝިފާޒް އެކަން އިއުލާނު ކުރެއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީ ޕީޖީގެ ޑެޕިއުޓީ ލީޑަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ ޝިފާޒް އަށް ތާއީދުކުރާކަން ހާމަކުރައްވައިފައެވެ.