English Edition
Dhivehi Edition

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ޖަޕާނަށް ފުރައި ވަޑައިގެންފި އެވެ. ރައީސްގެ ދެކަނބަލުން ޖަޕާނަށް މިކުރަށްވާ ދަތުރުފުޅަކީ ޖަޕާނުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޖަޕާނުގެ އައު އެންޕެރަރ ތަހުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކޮށްފައި ވަނީ 14 ނޮވެންބަރު 1967ގައެވެ. ވޭތުވެދިޔަ ބައިގަރުނަށްވުރެ ގިނަ އަހަރުވީ މިގުޅުމުގައި ދެޤައުމުން ވަނީ އެކިއެކި ރޮނގުތަކުން މި ގުޅުން އިތުރަށް ބަދަހި ކޮށްފައެވެ. ރާއްޖެއަށް އައި ތަރަށްޤީ ގެ އިސްރޯލެއް ޖަޕާނުން ވަނީ އަދާކޮށްފަ އެވެ.

ޖަޕާނުން ރާއްޖެއަށް އެހީތެރިވެފައިވާ ދާއިރާ ތަކުގެ ތެރޭގައި، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އަދި މަސްވެރިކަމުގެ ދާއިރާ ފާހަގަ ކޮށްލެވެއެވެ. އަދި މީގެ އިތުރުން އެހެން ދާއިރާތައް ވެސް އެބަ ހުއްޓެވެ.