English Edition
Dhivehi Edition

އެއާޕޯޓަށް ފުރަންދިޔަ އަންހެނަކު އޭނަގެ ލަގެޖް ބަރުވުމުން އިތުރުވީ 2ކިލޯ އަށް ފައިސާ ނުދެއްކުމަށް ދަބަހުން 10ހެދުން ނަގައި މަތިމައްޗަށް ލައިފިއެވެ.

ޖެލް ރޮޑްރިގެޒް ނަމަކަށް ކިޔާ ޕިލިޕީންސްގެ މި އަންހެން މީހާ ފުރަން ގޮސް އެއާޕޯޓުން ލަގެޖް ގެ ބަރުދަން ބެލިއިރު އޭގައި 9ކިލޯހުރުމުން އިތުރުވީ ދެކިލޯއަށް އެކްސެޗް ބެގެޖް ފީދައްކަން ޖެހޭކަމަށް ސެއކިރުޓީ އޭނައަށް އެންގިއެވެ. އެވަގުތު އޭނަވަނީ ސެކިއުރިޓީ ކައިރީ މިއީ މައްސަލައެއް ނޫންކަމަށް ބުނެ ދުރަށްގޮސް ދަބަހުން 10 ހެދުން ނަގައި މަތިމައްޗަށް ލުމަށްފަހު ދަބަހުގެ ބަރުދަން 9 ކިލޯއިން 6.5 ކިލޯއަށް ލުއިކޮށްފައެވެ.

މިގޮތަށް އަމަލުކުރުމަށްފަހު އޭނަވަނީ ސޯޝަލް މީޑިއާގައި ފޮޓޯއާއެކު “ނުވަ ކިލޯއިން 6.5 ކިލޯއަށް ލަގެޖް ލުއިކޮށްފިން ” މިހެން ލިޔެ ހޭޝްޓެގް ބޭނުންކޮށްގެން “އެކްސެސްބެގެޖް ޗެލެންޖެ އެކްސެޕްޓެޑް” މިހެން ލިޔެ ޕޯސްޓެއްކޮށްފައެވެ. މިޕޯސްޓަށް 33000ލައިކް ލިބިފައިވެއެވެ. އަދި 1000 ކޮމެންޓް ކޮށްފައިވާއިރު 20000 މީހުން ޝެއާކޮށްފައި ވެއެވެ.

ޖެލްގެ މި ޕޯސްޓަށް ކޮމެންޓްކޮށްފައި ވާ މީހަކު ބުނެފައިވަނީ، “އަހަރެން ދަތުރު ކުރިއިރު ލަގެޖް ބަރުވުމުން މިހެން ހަދަން ނޭނގުނީ ކީއްވެ” މިހެންނެވެ. މީގެ އިތުރުން އެހެން މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ، ” އަހަރެން ދަބަސް ބަރުވުމުން އޭގައިހުރި އެއްޗިސް ޑަސްބިނަށްލިން. އަހަންނަށްވެސް މިހެން ހެދުނު ނަމަ” އެމީހާ ބުންޏެވެ.

ޖެލްގެ މިޕޯސްޓަށް ކޮމެންޓް ކުރި ބައެއް މީހުން ބުނީ އެމީހުން ކޮށްފައިވާ ބައެއްދަތުރު ތަކުގައި ދަބަސް ބަރުވުމުން މިހެން އަމަލުކޮށްފައި ވާނެކަމަށެވެ.