English Edition
Dhivehi Edition

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގެ ކުޅުން 19 އޮކްޓޯބަރ 2019 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދާ ފަރާތުން ބުނެފިއެވެ.

މި މުބާރާތުގެ ފައިނަލް ގައި ބައްދަލުކުރާނީ ފޭދޫ އެފްސީ އާއި ރިވެރިން އެފްސީ އެވެ. ކުރިން މި މުބާރާތުގެ ފައިނަލް ބޭއްވުމަށް ނިންމި ތާރިހަކީ 15 އޮކްޓޯބަރު ކަމުގައި ވީނަމަވެސް ޓީމްތަކަށް ދިމާވި ދަތި ތަކާއެކު މުބާރާތުގެ ފައިނަލް ފަސްކުރަން ޖެހުނީ ކަމުގައި މުބާރާތް އިންތިޒާމުކުރާ ފަރާތުންވަނީ ބުނެފައެވެ. “މި އަހަރުގެ މުބާރާތުގައި ހުރި މައްސަލަތައް ބެލުމަށް ފަހު 2020 ވަނަ އަހަރު ބާއްވާ ސިޔާ ކަޕްގެ ތިންވަނަ މުބާރާތާކީ ފެންވަރު ރަގަޅު މުބާރާތެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާނަން. ކުރީ ބައިގައި ތައްޔާރުވެ އަންނަ އަހަރު ފެންވަރު ރަގަޅު މުބާރާތެއް ބޭއްވުމަށް މިހާރުއްސުރެ މަސައްކަތް ކުރާނަން” މުބާރާތް އިންތިޒާމްކުރާ ފަރާތުންވަނީ ބުނެފައެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމް ބައިވެރިވި މި މުބާރާތުގެ ސެމީ ފައިނަލްގައި ފޭދޫ އެފްސީ އާއި ގައުމު ޖޭއާރް ބައްދަލުކުރި މެޗު ބޮޑުތަފާތަކުން ފޭދޫ އެފްސީ ކާމިޔާބުކުރީ 13-0 އިންނެވެ. އަދި ދެވަނަ މެޗުގައި ގައުމު އެފްސީ އާއި ވާދަކޮށް ރިވެރިން މޮޅުވެފައިވަނީ 05-01 ލަނޑުންނެވެ.

މި މުބާރާތަކީ މީދޫ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއަރުވުމުގެ ބޭނުމުގައި 2018 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މަޤްސަދަކީ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދެހިކޮށް، ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާއެކު އިޖްތިމާއީ ދުޅަހެޔޮކަން އާލާކޮށް ކުޅިވަރުގެ ރޫހް އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރއަޕް ޓީމަށް ހުށަހަޅާފައިވަނީ 3000 ރުފިޔާއެވެ.