English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާ ގުޅޭ އެއްވެސް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަކީ ޤާނޫނާ ހިލާފު އަދި ޣައިރު ދުސްތުރީ އަމަލެއްކަމަށް ސުޕްރީމް ކޯޓުގެ އިސްފަނޑިޔާރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވެފައި މިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) މިހާރު ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަން އަންނާތީއެވެ.

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީ އިން މިހާރު ބަލަމުން ދަނީ އެ ކޮމިޝަނަށް ބެލުމުގެ ބާރު ލިބިފައިވާ މައްސަލަތަކެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެ ސަރުކާރުން ދަނީ ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ގެ މައްސަލަތައް ވަރަށް ގާތުން ބަލަން އަޅަންޖެހޭ ފިޔަވަޅުތައް ބަރާބަރަށް އަޅަމުންނެވެ.