English Edition
Dhivehi Edition

ނެޓްފްލިކްސް ސީރީސް ތަކުގެ އެންމެ ކުރީކޮޅުން ޖާގަ ހޯދާފައިވާ މަނީ ހެއިސްޓް ގެ 4 ވަނަ ސީޒަން އަންނަ އަހަރުގެ ކުރީކޮޅު ނެރެން ތައްޔާރުވެއްޖެއެވެ. ސްޕެނިޝް ސީރީޒް އެއް ކަމަށްވާ މި ސީރީޒްގެ އާ އެޕިސޯޑެއްގެ އިންތިޒާރުގައި ތިބި ދިވެހީންގެ އަދަދެއްވެސް މަދެއް ނޫނެވެ.

މިހާރު މަނީ ހެއިސްޓް ގެ 3 ވަނަ ސީޒަން ނިމިފައިވާއިރު މީގެ 4 ވަނަ ސީޒަން ގެ ޝޫޓިން ވަނީ ފަށާފަ އެވެ. ބައެއް ޙަބަރުތައް ބުނާ ގޮތުން މަނީ ހެއިސްޓް ގެ 4 ވަނަ ސީޒަން މިހާރު ވަނީ ޝޫޓްކޮށް ނިމި ސްޓްރީމް ކުރުމުގެ މަސައްކަތް ފަށާފައެވެ.

މަނީ ހެއިސްޓް ސީޒަން 1 ދައްކާފައި ވަނީ 9 މެއި 2017 ވަނަ އަހަރުގައެވެ. އަދި ސީޒަން 2، 16 އޮކްޓޯބަރ 2017 ގައި ދައްކާފައިވާއިރު މަނީ ހެއިސްޓް ސީޒަން 3 ދައްކާފައި ވަނީ 19 ޖުލައި 2019 ގައި އެވެ. 2 ސީޒަނަށް ފަހު އެއް އަހަރުގެ މެދުކެނޑުމެއް އައި ކަމުގައި ވިޔަސް މި ސީރީޒް އަށް މިވަނީ ބޮޑު ކުރިއެރުމެއް އައިސްފައިކަން ޔަގީނެވެ.