English Edition
Dhivehi Edition

ރާއްޖޭގެ ފިލްމީ ދާއިރާގައި އުޅޭ ފަރާތްތަކަށް އަދި މުނިފޫހިފިލުވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަންނަ ނޮވެމްބަރު މަސް ވެގެންދާނީ މުހިންމު މަހަކަށެވެ. އެއީ ކޮންމެ އަހަރަކުވެސް ބާއްވަމުން އައި ފިލްމު އެވޯޑް މިދިޔަ އަހަރު ނުވޭއްވި މިއަހަރަށް ފަސްކުރެވުމުންނެވެ. ފިލްމު އެވޯޑްސް 9 އަންނަ މަހު ބާއްވާ އިރު 13 ފިލްމެއް ވަނީ އެވޯޑަށް ހުށައަޅާފައިއެވެ.

ދިވެހި ފިލްމީ އުފެއްދުންތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނޭޝަނަލް ސެންޓަ ފޯ އާރޓްސް އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ޤައުމީ ފެންވަރުގެ މި އެވޯޑަށް މިއަހަރު 13 ފިލްމު ހުށައަޅާފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 12 ފީޗަރ ފިލްމާއި އެއް ކުރު ފިލްމެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފިލްމު އެވޯޑުގައި ބައިވެރިކުރުމަށް ހަމަޖައްސާފައި ވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ފިލްމު ތަކެވެ.

މީ ފިލްމު އެވޯޑަށް ފިލްމުތަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ ކުރީކޮޅު ގައެވެ. 2017 ވަނަ އަހަރު އަށް ފިލްމެއް ވަނީ ނެރެފައެވެ. އަދި މިދިޔަ އަހަރު ފަސް ފިލްމެއް ނެރެފައިވާ އިރު މި ދެ އަހަރުވެސް އެންމެ މަގުބޫލް ފިލްމުތަކުގެ ތެރޭގައި “ވިޝްކާ” އާއި “މަލިކާ” ،”މިއީ ލޯތްބަކީ” އާއި “ބޮސް” އަދި “ހައްދު” ހިމެނެއެވެ.