English Edition
Dhivehi Edition

އިއްޔެއިން ފެށިގެން އައްޑުއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫގެ 60 އިން ސައްތަ ގެއަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤު ވިދާޅުވެއްޖެއެވެ.މޭޔަރ ވިދާޅުވީ ހުއްޓާލުނާ ވެހެމުންދާ ވާރޭގެ ސަބަބުން އައްޑޫސިޓީގެ މަގުތައް ފެންބޮޑުވެ ގޭގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ވަމުން އަންނަ ކަމަށެވެ.

ވިއްސާރާގައި ގެއްލުންވަމުންދާ ގެތަކަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ސިޓީ ކަމުންސިލާއި އަވަށު އޮފީސްތަކާއި ޑިޒާސްޓަރ މެނޭޖްމަންޓާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއާއި މޯލްޑިވްސް ޕޮލިސް ސާވިސް ގެ އިތުރުން ސްކޫލްތަކުގެ ކެޑޭޓުންނާއި ވޮލަންޓިއަރުންނާއި ޢާއްމުންގެ ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔަރ ވިދާޅުވިއެވެ. އައްޑޫސިޓީފަދަ ބޮޑު އާބާދީއަކަށް އެހީފޯރު ވުމުގައި ގިނަ ދަތިތައް ހުންނާނެކަން ފާހަގަ ކުރައްވަމުން އެހީބޭނުންވެ އަދި މިހާތަކަށް އެހީނުލިބި ވާ ފަރާތްތަކުން 118 އަށް ގުޅުއްވުމަށް މޭޔަރ އިލްތިމާސް ކުރެއްވިއެވެ.


އައްޑުއަށް ކުރަމުންއަންނަ ވިއްސާރައިގައި ބައެއް ހިސާބުތަކުގެ މަގުތަކުގައި 2 ފޫޓަށް ވަނީ ފެންބޮޑުވެފައެވެ.ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ އިރު މިއަދު ހަވީރު 4 ޖެހުމާ ހަމަޔަށް މެޓްއޮފީހުންވަނީދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައެވެ.