ލޯންޗެއްގެ ބުރަފަތީގައި ޖެހި އިނގުރައިދޫ ޒުވާނެއްގެ ފައި ބުރިވެއްޖެ
5 މަސް ކުރިން
އައިޝަތު ފަތުޙީ

ރ. އަތޮޅު ފަޅުރަށެއްގެ ބޭރުގައި ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށް ޒުވާނެއްގެ ފައި ބުރިވެއްޖެ އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ ރ. އިނގުރައިދޫ އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ފިރިހެނަކަށެވެ. އޭނާ ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށް، ދުއްވާފައިދިޔަ ޑިންގީއެއްގެ ބުރަފަތީގައި ޖެހި އޭނާގެ ފައި ވަނީ ބުރިވެފަ އެވެ.

Advt

Advertisement

ފުލުހުން ބުނާ ގޮތުގައި މި ހާދިސާގައި ޒަޚަމްވި ޒުވާނާއަށް އިނގުރައިދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ނަމަވެސް މި ހާދިސާއާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

Advt

ފުލުހުން ދަނީ މިހާރު މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.