އައި.ޓީ.އެފް.ސީ އާއި ރާއްޖެއާ ދެމެދު ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި
5 މަސް ކުރިން
ޝާން މުޙައްމަދު

އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ.) އާއި ދިވެހިރާއްޖެއާ ދެމެދު ފްރޭމްވޯކް އެގްރީމެންޓެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advt

Advertisement

މިއަދު ސޮއިކުރެވިގެން މިދިޔަ ފްރޭމްވޯކް އެގްރީމެންޓަކީ 1.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެކެވެ. ވިޔަފާރިއާއި އިޤްޠިޞާދީ ކަންކަން ކުރިއެރުވުމަށް ވެވުނު މި އެއްބަސްވުމުގައި އައި.ޓީ.އެފް.ސީ ގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނި ސާލިމް ސަންބޯލެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ.

Advt

2008ގައި އުފެދުނު އައި. ޓީ. އެފް. ސީ. އިން މާލީ އެހީފޯރުކޮށްދޭ މައިގަނޑު ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. އެގޮތުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް އެތެރެކުރާ 80 އިންސައްތަ ތެކަކީ އައި.ޓީ.އެފް.ސީގެ މާލީ އެހީތެރިކަމާއެކު އެތެރެކުރެވޭ ތެލެވެ.