މެންޓަލް ހެލްތު އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމާލައިފި
5 މަސް ކުރިން
ޝާން މުޙައްމަދު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގުޅިގެން ހިންގި މެންޓަލް ހެލްތު އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމާލައިފި އެވެ.

މި ޕްރޮގްރާމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ޕްރޮގްރާމްގައި 18 ދަރިވަރަކު ބައިވެރިވެފައިވާއިރު އެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައި ވަނީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެވެ.

Advt

Advertisement

ދިހަ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިޔަށްގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގައި އުގެނެމުންދާ ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ.

Advt