English Edition
Dhivehi Edition

ދިވެހިރާއްޖެ ވާންވީ ޖަޒީރާ ރާއްޖެއަކަށް ނޫން ކަމަށާއި ރާއްޖެ ވާންވީ  ވޮޝިންޓަނަށް،  ނިއުޔޯކަށް ނުވަތަ ސިންގަޕޯރަށް ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ބިން އޮތް ރަށްރަށުން ގޯތި ދޫކުރުމަށް ގޮވާލާ އެމްޑީޕީ އިން މިއަދުގެ ޖަލްސާއަށް ހުށެހެޅި ޤަރާރަށް ބަހުސް ކުރައްވަވަމުން ޖާބިރު ވިދާޅުވީ ރާއްޖެ އަށް ކުރިއެރުން ނުލިބެނީ ޕްލޭނެއް އަދި ވިސްނުމެއް ނެތި މަސައްކަތް ކުރާތީ ކަމަށެވެ.

ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވައި ޖާބިރު ވިދާޅުވީ ޖަޒީރާ ރާއްޖެއެއްގެ ވާހަކަދައްކައިގެން ރައްޔިތުންނަށް އޮޅުވާލާ 300 އަހަރު ފަހަތައް އަނެއްކާ ރާއްޖެ ދާން ނުޖެހޭ ކަމަށެވެ.

“ރައްތިތުން އެތައް އަހަރެއް ފަހަތަށް ދާން ބޭނުމެއް ނުވޭ.  ރާއްޖެއަކީ ޖަޒީރާ ރާއްޖެ އެއް ނޫން  މިއީ”ދިވެހިރާއްޖެ”.ރާއްޖެ ވާންވީ ނިއުޔޯކަށް، ވޮޝިންޓަނަށް، ސިންގަޕޯރަށް. ޖަޒީރާ ނުކިޔަސް ޖަޒީރާ އަށް އުފަންވި ބައެއް އަޅުގަނޑުމެން މިތިބީ” ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ދިވެހިން އުފަންވެފައި ވަނީ ޖަޒީރާ ރަށްތަކަށެވެ. ސިޔާސީ ބޭނުމަށް ޖަޒީރާ ރާއްޖެ ޕްރޮމޯޓް ކުރުމަކުން އަދި ނުފުދޭ ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ގާއިމުކޮށް ރާއްޖެ ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް ކުރާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.