14 އަހަރުވީ ކައިވެނީގެ ސިއްރަކީ އިތުބާރު:މަހޭޝް
2 ހަފްތާ ކުރިން
އާމިނަތު ޚާލިސާ

އާންމުގޮތެއްގައި ފިލްމީ ތަރިންގެ ކައިވެނި ތަކާއި ގުޅުންތަކަކީ ވަރަށް އަވަހަށް ނިމުން އަންނަ ކަންކަމެވެ. މިހެން ދިމާވުމުގެ މައިގަނޑު ސަބަބަކީ އެމީހުންގެ މަޝްހޫރުކަމާއެކު އާއިލާ އާއި ބައިވެރިޔާއަށް ދޭންޖެހޭ ވަރަށް ވަގުތު ނުދެވުމެވެ. އަދި ފިލްމީ މަސައްކަތުގައި އުޅޭ އިރު އެހެންތަރިންނާއި އޮންނަ ސިއްރުން ގުޅުންތެކެވެ.

އެހެންނަމަވެސް ޓެލެގޫ ފިލްމުތަކުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޒުވާން ފިލްމީ ތަރި މަހޭޝް ބާބޫ އޭނަގެ 14 އަހަރު ވީ ކައިވެނި އެއްވެސް މައްސަލަ އެއް ނުޖެހި ކުރިއަށްދާ ސަބަބު މީޑިއާގައި ހާމަކޮށްފިއެވެ.1979 ވަނަ އަހަރު ކުޑަކުއްޖެއްގެ ރޯލުން ފިލްމީ ދާއިރާއަށް ތައާރަފްވި މަހޭޝް ބުނީ ދެމީހުންގެ ދޭތެރޭގައިވެސް ވަރަށް ބޮޑު އިތުބާރެއް އޮންނަކަމަށާއި އަބަދުވެސް އެކަކު އަނެކަކުގެ ނިންމުމަށް އިހްތިރާމް ކުރާކަމަށެވެ. އަދި ދެމީހުންވެސް އެކަކު އަނެކަކަށް ބޭނުންވާ މިނިވަންކަން ދީފައި އޮތުމަކީ 14 އަހަރުވީ ކައިވެނި އެއްވެސް މައްސަލައެއް ނުޖެހި ކުރިއަށް ދިއުމުގެ ސިއްރުކަމުގައި މަހޭޝްވަނީ ބުނެފައެވެ. “އަހަރެން އަބަދުވެސް ދެކެން އަހަރެންގެ ބައްޕަ ކަންތައް ކުރަމުން އައި ގޮތް. އެ ގޮތަށް އަހަރެންވެސް އަނބިމީހާ އާއި މެދު ކަންތައް ކުރުމަށް މަސައްކަތްކުރަން”މަހޭޝް ބުންޏެވެ.

Advt

Advertisement

މަހޭޝް އާއި ނަމްރަތާ ކައިވެނިކޮށްފައިވަނީ 10 ފެބްރުއަރީ 2005 ގައެވެ. މިހާރު އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު މި އާއިލާއަކީ ނަމޫނާ އާއިލާއެކެވެ.