ހަ ވަނަ ބުރިން ވެއްޓި އާޖެންޓީނާގެ ފުޓްބޯޅަ ކުޅުންތެރިއަކު މަރުވެއްޖެ
2 ހަފްތާ ކުރިން
އާމިނަތު ޚާލިސާ

އިމާރާތެއްގެ ހަ ވަނަ ބުރީގެ ޓެރެސްއިން ވެއްޓި އާޖެންޓީނާގެ ފުޓްބޯޅަ ކުޅުންތެރިޔާ އެޒެކުއެލް އެސްޕެރޯން  (23އ)މަރުވެއްޖެއެެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެޒެކުއެލް ވެއްޓިފައިވަނީ އޭނާގެ ރަހްމަތްތެރިންނާއި އެކު ޕާޓީ ކުރަން އުޅުމުގެ ތެރޭގައި އާދިއްތަދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެޒެކިއެލް އާއި އެކު އެ ވަގުތު ހުރި އޭނާގެ އެކުވެރިއަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އޭނާ ވެއްޓުނީ  ބެލްކަނީގެ ރެއިލިން ރަގަޅަށް ހަރުނުކޮށް ހުއްޓާ އެ ތަނަށް ބަރު ދީގެން ހުއްޓުމާއި ގުޅިގެންކަމަށް ލަފާކުރެވޭ ކަމަށެވެ. އޭނާ ވެއްޓުމާއެކު އާޖެންޓީނާގެ ބުއެނޮސް އެއާގެ ހޮސްޕިޓަލަކަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ އޭނާ މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

Advt

Advertisement

އެޒެކުއެލް އޭނާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ އާޖެންޓީނާގެ އޯލް ބޯއިސް އިންނެވެ.