English Edition
Dhivehi Edition

މި މަހުގެ 10 ވަނަ ދުވަހު އައްޑޫ ސިޓީ މީދޫގައި ފެށުމަށް ހަމަޖެހިފައިވާ ‘ސިޔާ ކަޕް 2019’ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީދޫ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއަރުވުމުގެ ބޭނުމުގައި 2018 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މަޤްސަދަކީ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދެހިކޮށް، ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާއެކު އިޖްތިމާއީ ދުޅަހެޔޮކަން އާލާކޮށް ކުޅިވަރުގެ ރޫހް އާލާކުރުން ކަމުގައި މި މުބާރާތުގެ އޯގަނައިޒިން ކޮމިޓީއިންވަނީ ބުނެފައެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުން ރަޖިސްޓްރީ ފީއެއްގެ ގޮތުގައި 1000 ރުފިޔާ ދައްކަންޖެހޭއިރު މުބާރާތުގައި ބައިވެރިވެވޭނީ އައްޑޫ ސިޓީގެ ހުރިހާ ރަށްތަކެއްގެ އިތުރުން އޯގަނައިޒިން ޓީމުން ދައުވަތު ދޭ ޓީމްތަކަށެވެ. މި މުބާރާތުގެ ގަވައިދު ބުނާ ގޮތުން ކޮންމެ ރަށެށްގެ ޓީމަކަށްވެސް ކުޅެވޭނީ ރަށުން ބޭރުގެ ދެ ކުޅުންތެރިންނަށެވެ. މީގެ އިތުރުން މުއައްސަސާތަކުން ބައިވެރިވާ ޓީމްތަކުގެ ކުޅުންތެރިންކަމަށް ބަލާނީ އެ މުއައްސަސާއެއްގައި ރަޖިސްޓްރީވެ މަސައްކަތްކުރާތާ ދެ މަސްވެފައިވާ މުއައްޒަފުންނަށާއި އަދި ހުޅުދޫ މީދޫ އަށް ނިސްބަތްވާ ކުޅުންތެރިންނަށްކަމަށް ގަވައިދުގައިވަނީ ބަޔާންކޮށްފައެވެ

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރއަޕް ޓީމަށް ހުށަހަޅާފައިވަނީ 3000 ރުފިޔާއެވެ. މީދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ތާރީހަކީ 21 އޮކްޓޯބަރ 2019 އެވެ.