English Edition
Dhivehi Edition

މިދިޔައަހަރު އޯގަސްޓްމަހު އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކްރިސް ވަޓްސް އޭނަގެ މާބަނޑު އަނބިމީހާ އާއި ތުއްތު ދެކުދީން މަރާލި ސަބަބާއި މަރާލި އަނިޔާވެރިގޮތް އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ ޝާލީން ކޭޑްލް އަށް ކިޔައިދީފިއެވެ.

ޝާލީން މިހާރު ވަނީ ވަޓްސް ކިޔައިދިން ހާދިސާއަށް ވާހަކަފޮތެއް ނެރެފައެވެ.

ޝާލީން މިވާހަކަ ފޮތް ބާޒާރަށް ނެރުމަށްފަހު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ، ވަޓްސްގެ ވާހަކަތައް އަޑުއަހާފައި އޭނައަށް ނުނިދޭކަމަށާއި ވަރަށްގިނަ އުނދަގޫތައް ހިތަށާއި ސިކުނޑިއަށް ކުރަމުންދާ ކަމަށެވެ. ” ވަޓްސް ބުނީ އޭނަގެ 34 އަހަރުގެ އަނބިމީހާ  ޝަނަން އަށް ސިއްރުން އެހެން ލޯބިވެރިޔެއް އޭނާގެންގުޅޭތާ ދެމަސްވެފައިވާކަމަށް. އަދި ބައެއްފަހަރު އަނބިމީހާއަށް ޝައްކުވުމުން ޒުވާބުކުރާ ދުވަސްތައް އަންނަކަމަށާއި އެހެން ނަމަވެސް އޭނަގެ ބަނޑަށް ފަސްމަސް ވެފައިވާތީ މާބޮޑު ސަމާލުކަމެއްނުދޭކަމަށް. އަދި އޭނަގެ އާއިލާ މަރާލަން ނިންމާލީ ލޯބިވެރިޔާ ދެކެލޯބިވާލެއް ބޮޑުކަމުންނާއި އޭނަ ވަޓްސް އަށް ފިރިހެން ދަރިޔަކު ހޯދައިދޭން ތައްޔާރު ކަމަށް ބުނުމުން. ވަޓްސް މިހެން ބުނި އިރު ޝަނަންވެސް ބަލިވެއިނީފިރިހެން ކުއްޖަކަށް. ބޮޑަށް ތިބީ ދެއަންހެން ކުދިން” ވާހަކަ ލިޔުންތެރިޔާ އަސަރާއެކު ކިޔައިދިނެވެ.

ވަޓްސްގެ ސިއްރު ލޯބިވެރިޔާ

މީގެ އިތުރުން އެހާދިސާ ހިނގާދިޔަގޮތް ވަޓްސް ވާހަކަލިޔުންތެރިޔާ އަށް ކިޔައިދިންގޮތުގައި، އެންމެ ފުރަތަމަ އަނބިމީހާ ޝަނަން އާއި ޒުވާބު ކުރުމަށްފަހު އޭނަ މަރާލީ އެމީހުން ދިރިއުޅެމުން އައިގޭގައެވެ. އެވަގުތު ގޭގައި ކުޑަދެކުދިން ތިބީ ނިދައިފައެވެ. ވަޓްސް ދިޔައީ ކުދިން މަރާލުމަށް ގޭގެ ފުރަތަމަ ފަންގިފިލާގައި ނިދާފައިތިބި ކުދިންގެ ކޮޓަރިއަށެވެ. އަދި ގޮސް އެންމެ ފުރަތަމަ ކަރުގައިހިފާ މަރާލާން ދިމާކުރީ ހަނގު ކުއްޖާއާއެވެ. ނިދަފައި އޮތް ދެވަނަ ކުއްޖާ އަށް މިއަޑު އިވި “ބައްޕާ އެހެންނަހަދާ” މިހެން ބުނިކަމަށް ވަޓްސް ބުންޏެވެ. ދެން ބޮޑު ކުއްޖާ ކަރުގައި ހިފާމަރާލީ އެވެ. އޭގެފަހުން ވަޓްސް ދިޔައީ ގޭގެ ތިރީބަޔަށެވެ. ގޮސް މަރާލާފައިވާ އަނބިމީހާ ގެ ހަށިގަނޑު ފޮތިގަނޑެއްގައި އޮޅަނިކޮށް ވަޓްސް މަރާލަން ހަމަލާދިން ކުއްޖަކު މަރުނުވެ ހޭނެތިފައި އޮތުމަށްފަހު ތިރިއަށް އައުމުން އެމަންޒަރު އެކުއްޖާ އަށްފެނުނުކަމަށްވެސް ވަޓްސް ބުންޏެވެ. ނަމަވެސް އަވަހަށް ގޮސް ދެވަނަ ފަހަރަ އެކުއްޖާ ވެސް ރަބަރުގަނޑެއްގައި އޮޅާލުމަށްފަހު މަރާލައި ރަނގަޅަށް  ފަށަކުން ބަނދެލީއެވެ. ދެން އަނެއްކުއްޖާ ގެ މަރުވެފައިވާ ހަށިގަނޑު ވެސް މިގޮތަށް ހެދުމަށްފަހު  ލޮރީއަކަށް 3 ހަށިގަނޑުވެސް އަރުވައިގެން ގެންދިޔައީ ވަޓްސް މަސައްކަތް ކުރާ ތެޔޮފެކްޓަރީއަށް ކަމަށާއި އެތަނަށްގޮސް ތެޔޮ ފީފާއެއްގެ ތެރެއަށް ދެކުދިންގެ މަރުވެފައިވާ ހަށިގަނޑު ވައްޓާލީ ކަމަށް އޭނަ ކިޔައިދިނެވެ.

ދެކުދިންގެ ހަށިގަނޑު ނައްތާލަން މަސައްކަތް ކޮށްފައި ވަޓްސްދެން ދިޔައީ އަނބިމީހާގެ ހަށިގަނޑު ވަޅުލުމަށެވެ. ގޮސް ވަޅުގަނޑެއް ކޮނުމަށްފަހު އެވަޅުގަނޑުގެ ތެރެއަށް ޝަނަން ގެ ފުރާނަނެތް މަސްގަނޑު ވައްޓާލީ ފޮތިގަނޑުގެ އެއްކޮޅުގަހިފާފައި ރޫޅާލަމުން ކަމަށް އޭނަ ބުންޏެވެ. އަދި ޝަނަންގެ ހަށިގަނޑު ފުރޮޅެމުން ގޮސް ވަޅުގަނޑުގެ ތެރެއަށް ވެއްޓުނީ ބަންޑުން ކަމަށާއި ވެއްޓި ބަނޑު ޖެހުމުން ބަނޑުގައިވާ ދަރިފުޅު އޮންނާނީ ބަނޑުން ނިކުމެފައި ކަމަށް އޭނަ ލަފާކުރާކަމަށްވެސް މި ރަހުމް ކުޑަހާދިސާ ކިޔައިދެމުން ބުންޏެވެ. ޝަނަންގެ ޕޯސްޓް މޯޓަމް ހެދި ޑޮކްޓަރުން ވެސް ބުނެފައިވަނީ ބަންޑުން ވަޅުގަނޑަށް ވެއްޓުމުން އޭނަގެ ބަނޑުގައިވާ ދަރިފުޅު ވަނީ ކޮންމެވެސް ވަރަކަށް ރަހިމުން ބޭރަށް ނިކުމެފައެވެ.

މިވާހަކަތައް ވަޓްސް ލިޔުންތެރިޔާ ޝާލީން  އަށް ކިޔައިދީ ނިމުމުން އިތުރަށް ބުނީ، އޭނަގެ ހަޔާތަށ ްޝަނަން ނައިނަމަ ދަރިންތައް މަރާލަން ނުޖެހޭނެކަމަށެވެ. އަދި ޝަނަން ވަޅުލުމަށް ކޮނުނު ވަޅަކީ އޭނަ ކޮންނަށް އުޅުނު  ވަރަށް ވުރެންވެސް ފުންވަޅެއްކަމަށެވެ. އަދި އެމީހުން މަރާލުމަށްފަހު ވަޅުލައި ނިމުނު އިރުވެސް އޭނަ އެމީހުންނަށް ނަފްރަތު ކުރާކަމަށެވެ. އަދިވެސް އުޅެން ބޭނުން ވަނީ ލޯބިވެރިޔާ އާއި އެކު ކަމަށް ވަޓްސް ބުނަމުން ދިޔައިރު އޭނަބުނީ އޭނަގެ ސިއްރު ލޯބިވެރިޔާ އަކީ އޭނަގެ މުޅި ދިރިއުޅުން ކަމަށާއި ދެންވެސް އުޅެން ބޭނުން ވަނީ އޭނައާއެކު ކަމަށެވެ.

މިހާދިސާ ހިންގުމަށްފަހު ވަޓްސްވަނީ ފުލުހުންނަށް ގުޅައި އޭނަގެ މާބަނޑު އަނބިިިމީހާއި 2 ކުދިން ގެއްލިގެން އުޅޭކަމަށް ބުނެ ރިޕޯޓްކޮށް މިހަދިސާގެ ހަގީގަތް ފޮރުވަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ފުލުހުންނަށް ފަހުންވަނީ ވަޓްސްގެ މައްޗަށް ޝައްކު ކުރެވި އޭނަ އަތުލައިގަނެ ތަހުގީގު ފަށާފައެވެ. އެންމެ ފުރަތަމަ ތަހުގީގުގައި އޭނަބުނީ ޝަނަން އޭނަގެ ދެދަރިން މަރާލީމަ އޭނަ ޝަނަން މަރާލީ ކަމަށެވެ. ތަހުގީގު ކުރާފުލުހުން ވަނީ ފަހުން ވަޓްސް ދީފައިވާ ބަޔާނަކީ ދޮގު ބަޔާނެއް ކަމަށް ކަނޑައަޅައި އޭނަގެ މައްޗަށް 3 މީހުންނާއި އުފަންނުވާ ތުއްތު ކުއްޖާމަރާލި ކަމުގެ ދައުވާ އުފުލާފައެވެ.

ފުލުހުން މިހާރު ވަނީ މަރުގެ ފަސް ދައުވާއެއް ކްރިސްޓޮފާގެ މައްޗަށް އުފުލާފައެވެ. އަދި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 12 އަހަރުން ދަށުގެ ދެކުދިން މަރާލުމުގެ ތުހުމަތާއި ތިން މީހުންގެ ހަށިގަނޑު ފޮރުވަން މަސައްކަތް ކޮށްފައިވާތީ އެމައްސަލައިގެ ދައުވާވެސް ވަނީ ވަޓްސްގެ މައްޗަށް އުފުލާފައެވެ.  ކްރިސްޓޮފާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.