English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިންގެ މަޤާމަށް ބޭފުޅުން އައްޔަންކޮށްފި އެވެ.
އެގޮތުން މަޖިލީހުގެ އަމީން ޢާއްމުގެ މަޤާމަށާއި ކައުންސެލް ޖެނެރަލްގެ މަޤާމަށާއި ސަރޖެންޓް އެޓް އާރމްސްގެ މަޤާމަށް ވަނީ މިއަދު ބޭފުޅުން އައްޔަންކޮށްފަ އެވެ. އެ މަޤާމުތަކަށް އައްޔަންކޮށްފައި ވަނީ މިހާރުވެސް އެ މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންނެވެ.
އެގޮތުން އަމީން ޢާންމުގެ މަޤާމަށް އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ އާއި ކައުންސެލް ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛާ ފާތިމަތު ފިލްޒާ އަދި ސަރޖެންޓް އެޓް އާރމްސްގެ މަޤާމަށް އަލްފާޟިލް މުޙައްމަދު ހަލީމް އައްޔަންކުރުމަށް މަޖިލީހުގެ ތަޅުމުން ވަނީ މިއަދު ފާސްކޮށްފަ އެވެ. މި ތިން ބޭފުޅުންވެސް މަޤާމުގެ އިތުރު ދައުރަކަށް އައްޔަންކުރަން ފާސްކުރީ އެކަމަށްޓަކައި ވަކަވަކިން ނެގި ވޯޓުތަކުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވާ ގޮތުން އެ އިދާރާގެ އިސްވެރިންގެ މަޤާމުތަކުގެ ތެރެއިން އަމީން ޢާއްމުއާއި ކައުންސެލް ޖެނެރަލްގެ އިތުރުން ސަރޖެންޓް އެޓް އާރމްސްގެ ދައުރަކީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ.