“ކިޑްސް ފުޓްބޯޅަ ފިއެސްޓާ”ގެ ތަށި ގާޒީ ސުކޫލަށް
2 ހަފްތާ ކުރިން
އަޙްމަދު

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން “ކިޑްސް ފުޓްބޯލް ފިއެސްޓާ”ގެ ނަމުގައި ބޭއްވި ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތުގެ ތަށި ގާޒީސްކޫލުން ކާމިޔާބު ކޮށްފިއެވެ.

ބުދަދުވަހު ހެނދުނު 6:15 އިންފެށިގެން ހެންވޭރު ދަނޑުގައި ކުރިޔަށް ދިޔަ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ތަށި ގާޒީ ސުކޫލުން އުފުލާލީ 2-0 ން މަޖީދިއްޔާ ސުކޫލު ބަލިކޮށެވެ.

Advt

Advertisement

މާލޭގެ ސުކޫލުތަކުން 17 ޓީމެއް ވާދަކުރި “ކިޑްސް ފުޓްބޯލް ފިއެސްޓާ” ކުރިޔަށް ދިއަކީ ނޮކުއައުޓް ސިސްޓަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކުޅެފައިވަނިީ ރައުންޑު އޮފް ސެވަންޓީންއެވެ.

އިއްޔެ ހަވީރު 16:30 ގައި ކުރިއަށް ގެންދިޔަ ފައިނަލް  މެޗް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙްއެވެ.

އަދި މި ފިއެސްޓާއަށް ފަހު އަންނަ އަހަރު ދުބާއީގައި އޮންނަ ކޮންޓިނެންޓަލް މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމެއް ބައިވެރިކުރަން ނިންމާފައިވާއިރު އެ މުބާރާތުގައި ރާއްޖޭއިން ބައިވެރިވުމަށް ރަސްމީ ދައުވަތު ވަނީ ހަވާލު ކޮށްފައެވެ.
މި ދައުވަތު ހަވާލު ކުރީ ފިއެސްޓާގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވި ރެއާލްމެޑްރިޑްގެ ލެޖެންޑް މިޝެއިލް ސަލްގާޑޯއެވެ. ރާއްޖޭގެ ފަރާތުން ދައުވަތާއި ހަވާލުވީ ޓޫރިޒަމް މިނިސްޓަރާއި ކުޅިވަރާއިބޭހޭ ވަޒީރު އަހްމަދު މަޙްލޫފްއެވެ.