English Edition
Dhivehi Edition

މެތިއު ވޯން ޑައިރެކްޓްކޮށްފައިވާ “ދަ ކިންގްސް މޭން”ގެ މުޅިން އާ ޓްރެއިލާއެއް ނެރެފި އެވެ. މިއީ މިހާތަނަށް ނެރުނު މި ފިލްމްގެ ދެވަނަ ޓްރެއިލާއެވެ. މި ޓްރެއިލާއިން ފެނިގެންދަނީ ޖާސޫސީ އޭޖެންސީ ފުރަތަމަ އުފެދިގެން އައި ދުވަސްވަރެވެ.

ދެ މިނެޓު 21 ސިކުންތުގެ މި ޓްރެއިލާއިން ފެންނަނީ އާ ކިންގްސް މޭނަކު އޭނާގެ ދުޝްމަނުންނާއި ހަނގުރާމަކުރުމަށް ތައްޔާރުވާ ގޮތެވެ. އަދި އެންމެ ފުރަތަމަ މިނިވަން އިންޓެލިޖެންސް އޭޖެންސީ އުފެދުނު ގޮތްވެސް ޓްރެއިލާއިން ފެނިގެންދެއެވެ.

މި ފިލްމަކީ މަޝްހޫރު ‘ކިންގްސްމޭން’ ފްރެންޗައިޒްގެ ތިންވަނަ ފިލްމެވެ. މި ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެ ތަރިންގެ ތެރޭގައި ރަލްފް ފައިންސް އާއި ހެރިސް ޑިކިންސަންގެ އިތުރުން ލިއަމް ނީސަން އާއި ޑެނިއެލް ބްރޫލް އަދި ޖެމާ އާޓާޓަން ވެސް ހިމެނެއެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.