English Edition
Dhivehi Edition

ރޭ ރަސްފަންނުގައި ފުރާވަރު އުމުރުގެ އަންހެން ކުދިންތަކެއް މާރާމާރީ ހިންގި މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޓްވިޓާގައި މީހަކު ޝެއާރކުރި ވީޑިއޯ އިން ފެންނަގޮތުގައި އަންހެން ކުއްޖަކު ވެގެން ވަނީ އިތުރު އަންހެން ކުއްޖެއްގެ ގައިގަ ތަޅައިގަނެ ބިންމައްޗަށް އެކުއްޖާ ވައްޓާލަފައެވެ.އަދި އެ ވަގުތު އެތަނުގައި ތިބި ޒުވާން ފިރިހެނުންތަކެއް އެމީހުން ދުރުކުރަން މަސައްކަތް ކުރާ މަންޒަރުވެސް ވީޑިއޯއިންވަނީ ފެނިގެން ގޮސްފައެވެ.

މިއީ ކޮންކަމަކާއި ގުޅިގެން ހިނގި މާރާމާރީއެއްކަން އަދި އެގިފައިނުވާއިރު ފުލުހުން ބުނީ އަންހެންކުދިން ތަކެއްގެ ދެމެދުގައި ހިންގި މާރާމާރިއެއްގެ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ހުށަހަޅާފައި ވާތީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. މި މައްސަލަ އަނިޔާ ލިބުނު އަންހެންކުއްޖާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާއިރު މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މާރީމާރީ އާއި ގުޅިގެން މި ދެ އަންހެން ކުދިންގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބަޔަކު ވަނީ މި އަމަލު ހިންގި ދެ އަންހެން ކުދިންނަށް ފާޑުކިޔާފައެވެ

ޓެގު