އައްޑޫގެ ތަރައްޤީގެ ޕްރޮޖެކްޓުތަކުގެ ކޮންސަލްޓެންޓުން ކައުންސިލާ ބައްދަލުކޮށްފި
2 މަސް ކުރިން
އަޙްމަދު

އައްޑޫސިޓީގެ ތަރައްޤީއަށް ސަރުކާރުން ހިންގަން ރާވާފައިވާ ބައެއް ޕްރޮޖެކްޓުތަކުގެ ކޮންސަލްޓޭޝަން މަސައްކަތް ކުރުމަށްޓަކައި އެމަސައްކަތް ހަވާލުކުރައްވާފައިވާ އިންޑިއާގެ ކުންފުނި ، އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ ލިމިޓެޑްގެ ފަރާތުން ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި އައްޑޫގެ މަގުތަކުގައި ތާރުއަޅައި މަގުތައް މަރާމާތު ކުރުމާއި، ފެންހިންދުމުގެ ނިޒާމު ރަނގަޅުކޮށް ޤާއިމްކުރުމާއި، މަގުތަކުގައި ބައްތި ޖަހައި ސީސީޓީވީ ކެމެރާ ހަރުކުރުމާއި، ތަރައްޤީގެ އެކިއެކި ކަންކަން ކުރުމަށް މުޅިއެކު 153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 90 ހެކްޓަރުގެ ބިން ހިތަދޫން ހިއްކާއިރު 38 ހެކްޓަރުގެ ބިން ހުޅުދޫ އަދި މީދޫން ހިއްކާގޮތަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު 4 ސްޓަރ ރިސޯޓް ތަކުގެ ގޮތުގައި ތަރައްޤީކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

Advt

Advertisement

އައްޑޫ ޑެވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން އައްޑޫގެ ތަރައްޤީއަށް ހިންގާ މިޕްރޮޖެކްޓަކުގެ ކޮންސަލްޓޭޝަން މަސައްކަތް ނިމުމުން ކޮންޓްރެކްޓަރާ ހަވާލުކޮށް މަސައްކަތް ފެށޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.