Free Dive World Recordeh Raajje in gaaim koffi - AO News Free Dive World Recordeh Raajje in gaaim koffi

ކޮވިޑް 19ކަވަރޭޖް

10,919,516CONFIRMED
6,106,402RECOVERED
4,291,726ACTIVE
521,388DEATHS
2,400CONFIRMED
1,969RECOVERED
416ACTIVE
10DEATHS
ފްރީޑައިވް ވޯލްޑް ރިކޯޑެއް ރާއްޖެއިން ގާއިމްކޮށްފި
9 މަސް ކުރިން

521 މީހުންނާއެކު މޫދު އަޑިން ގީނިސްގެ އާރެކޯޑެއް ރާއްޖެއިން ޤާއިމް ކޮށްފިއެވެ. ތިންމީޓަރ އަޑިއަށް ފީނައިގެން 15 ސިކުންތަށް ނޭވާ ހިފަހައްޓާލުމުގެ މި އިވެންޓް އޮތީ މިއަދު ހަވީރު ބަރޮސް ލެގޫންގައެވެ. މިއީ މިއަހަރުގެ ފަތުރުތުވެރިކަމުގެ ދުވަހާއި ގުޅިގެން ޓުއަރިޒަމް މިނިސްޓްރީ އާއި ފްރީ ޑައިވިންގ އެސޯސިއޭޝަން ގުޅިގެން ހިންގި ޙަރަކާތެކެވެ. ރެކޯޑު ޤާއިމް ކުރުމުގެ މިހަރަކާތުގައި ރާއްޖޭގެ ރަށްތަކާއި ރިސޯޓްތަކުގެ ދެޖިންސްގެ ޒުވާނުން ބައިވެރިވިއެވެ. މިއިވެންޓްގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advt

Advertisement

“ނޭވާ ފްރީ ޑައިވިންގް”ގެ ނަމުގައި ކުރިއަށްގެންދިޔަ މި އިވެންޓުގައި ރައީސްގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ހަރަކާތުގައި ފްރީ ޑައިވް ކުރުމުގެ ވޯލްޑް ރިކޯޑް ޤާއިމުކޮށްފައިވާ ވިލިއަމް ޓްރޫބްރިޖްވެސް ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގައި މިއަދު ޤާއިމް ކުރި ވޯލްޑް ރެކޯޑު ކުރިން ހަދާފައިވަނީ 280 މީހުންނާއެކު އިޓަލީގެ ވެރޯނާގަ އެވެ. ވެރޯނާއިން ރެކޯޑް ހަދާފައިވަނީ 2009 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ.