English Edition
Dhivehi Edition

ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ރީފިލިން ސާވިސް،އެފް އެސް އެމް ގެ ޚިދުމަތް މިއަދު ޓީޖެޓީގައި ހިނގި އަލިފާނުގެ ޙާދިސާއަށް ފަހު ވަގުތީގޮތުން ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.
ހުޅުމާލޭގައި އެޚިދުމަތް ފޯރުކޮށްދެނީ އެތަނުގައި ހުރި އެސްޓީއޯގެ ޕަންޕް ސްޓޭޝަނުންނެވެ.

މިއަދު މާލޭ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ލޯންޗް އަޑިއަށް ދިއުމުގެ އިތުރަށް އެފް އެސް އެމް ގެ 3 ތެޔޮބައުޒަރާއި އެއް ޕިކަޕް އަނދައިގެން ދިއުމުގެ އިތުރުން 9 މީހަކަށް އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ