English Edition
Dhivehi Edition

ގައުމީ ޓީމަށް ލަފާދޭ ކޮމިޓީގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވަނިކޮށް، އެ ކޮމިޓީގައި  ނުގުޅޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް  ވިދާޅުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި ލަފާދީ އެހީތެރިވެދޭން އެފްއޭއެމުން އެކުލަވާލި ފަސް މެމްބަރުންގެ ކޮމިޓީގައި މަހުލޫފްގެ އިތުރުން  ޓޫރިޒަމް މިނިސްޓަރު އަލީވަހީދު ހިމެނުމާއި ގުޅިގެން ގިނަ ބަޔަކުވަނީ ގައުމީ ޓީމަށް ލަފާދޭ ކޮމިޓީގައި ސިޔާސީ ކުލަޖެހިފައިވާކަމަށް ބުނެ އެފްއޭއެމްއަށާއި ދެ މިނިސްޓަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ދެ މިނިސްޓަރުން ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގައި ކުއްލިއަކަށް ހިމެނުނީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލުކޮށްފައިވާއިރު މިއަދު މަހްލޫފް ވިދާޅުވީ އެފްއޭއެމްގެ ރައީސް ބައްސާމް އެދިވަޑައިގަތީ ފުޓްބޯޅަ މިހާރު އޮތް ހާލަތު ރަނގަޅުކުރުމަށް ބައިވެރިވެދޭން ކަމަށެވެ. އެހެންނަމަވެސް ފުޓްބޯޅަ އާއި ކުޅިވަރުގެ ގިނަ ބައެއްގެ ކަންބޮޑުވުންތައް މިހާތަނަށް އައިސްފައިވުމާއެކު އެ ކޮމިޓީއިން އޭނާގެ ނަން ނުހިމަނާ އޭގެ ބަދަލުގައި ޔޫތް މިނިސްޓްރީގެ އެހެން ބޭފުޅަކަށް އެ މަގާމް ހަވާލު ކުރައްވާނެ ކަމަށް މަހްލޫފްވަނީ ވިދާޅުވެފައެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެފްއޭއެމުން އާންމުކުރި ކޮމިޓީގައި މި ދެބޭފުޅުންގެ އިތުރުން ހިމެނިވަޑައިގަންނަވަނީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ.

ޓެގު