English Edition
Dhivehi Edition

ކޯލިޝަން ޕާޓީތަކަށް ސަރުކާރުގެ ހިއްސާ ދިނުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުލްﷲ ޖާބިރު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ. ޖާބިރު ވިދާޅުވީ ސަރުކާރު ނުހިންގެނީ ކޯލިޝަން ޕާޓީތަކަށް ސަރުކާރުގެ ހިއްސާ ދިނުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުގައި މިހާރު ބާއްވަމުން އަންނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ޖާބިރު ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީގައި ކޯލިޝަނެއްގެ ވާހަކަ ނެތްކަމަށާއި ކޯލިޝަން އެގްރިމެންޓެއް ހަދައިގެން އުޅޭ ސަބަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކިއައިދެއްވުމަށް ޖާބިރު އެދިލެއްވިއެވެ.

“ކޯލިޝަން ނެތްކަމަށް މިއަދު އިއުލާން ކުރަންޖެހޭ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް. އެހެންނޫނީ މިމަޖިލީހަށް ވަޑައިގެން އެބަޖެހޭ [ވިދާޅުވާން] ކޮބައިތޯ ކޯލިޝަނަކީ؟ ކާކު ހަދައިގެން އުޅޭ ކޯލިޝަނެއްތޯ؟” އަބްދުލް ﷲ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޤާނޫނުގައި ނެތް ކޯލިޝަނެއް ހަދައިގެން ޖުމްހޫރީ ޕާޓީއަށާއި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީއަށް މި ސަރުކާރުން ބައިއެޅުމުން ސަރުކާރު ނުހިނގާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.