English Edition
Dhivehi Edition

1992 ވަނަ އަހަރު ފިލްމު ބޭހުދީ އިން ބޮލީވުޑަށް ތައާރަފުވެގެން ދިޔަ ކާޖޮލް ބުނެފައިވަނީ އޭރާ މިހާރަށް ބަލާއިރު ފިލްމީ ދާއިރާއަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމުގައެވެ.

މިހާރު ތަރިން އެމީހުންގެ ސަޕޯޓަރުންނާއި ގުޅުވައިދެނީ އިންޓަނެޓަށްވާއިރު ކުރީން އެކަން އޮންނަ ގޮށް ވަރަށް ތަފާތުކަމުގައި ކާޖޮލް ވަނީ ބުނެފައެވެ. “ކުރިން ފިލްމީ ތަރިންނަކީ ވަރަށް ވަރުގަދަ ބްރޭންޑްތަކެއް. އޭރު މީހުން ބަލަނީ ތަރިން ކުރާ މަސައްކަތް. އެކަމަކު މިހާރު ކޮންމެ ދުވަހަކު އާ ތަރިއެއް ބޮލީވުޑަށް އެބަ ތައާރަފުވޭ. އެމީހުން މަޝްހޫރުވުމަށްޓަކައި ސޯޝަލް މީޑިއާގައި އެކްޓިވްކޮށް މަސައްކަތްކޮށް އަމިއްލައަށް ޕްރޮމޯޓްވަނީ.”މިހާރުގެ ތަރިންގެ ހުނަރުވެރިކަމެއް ނެތަސް ސޯޝަލް މީޑިއާގައި މަޝްހޫރުނަމަ މޮޅުތަރިއަކަށްވީ ކަމަށް ދޭހަވާ ފަދަ ގޮތަށް ކާޖޮލް ވަނީ ބުނެފައެވެ. އަދި މިހާރު އެ ތަރިން ކުރާ ހުރިހާ ކަމެއްވެސް ސޯޝަލް މީޑިއާއިން އެގޭ ކަމަށައި 1990 ގެ އަހަރުތަކުގެ ތެރޭގައި ތަރިންގެ ކަންތައްތައް ހޯދަން މަސައްކަތްކުރާ ކަމަށާއި އޭރު މީހުން އެންމެ ބޮޑަށް ބަލަމުންދަނީ ތަރިންގެ ހުނަރަށް ކަމުގައި ކާޖޮލް ވަނީ ބުނެފައެވެ. “އޭރު ސަޕޯޓަރުންނަށް އަހަރެމެންގެ ދިރިއުޅުމާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ނޭގޭ. އެހެންކަމުން އަބަދުވެސް އަހަރެމެންގެ ކަންތައްތައް ހޯދުމަށް ސަޕޯޓަރުން ތިބެނީ ކެތް މަދުވެފަ.”ކާޖޮލް ބުންޏެވެ.

ކާޖޮލް އަށް ވަނީ 2011 ވަނަ އަހަރު އިންޑިއާގެ ސަރުކާރުން ޕަދްމާ ޝްރީ ގެ އެވޯޑް ދީފައެވެ.ބެލުންތެރިންނަށް ދެން އެންމެ އަވަހަށް ކާޖޮލް ފެނިގެންދާނެ ފިލްމަކީ ސުންދްރަޔާ ރަޖްނީކާންތް ޑައިރެކްޓްކުރާ ‘ވީއައިޕީ2’ އެވެ

ޓެގު