English Edition
Dhivehi Edition

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އިސްވެރިންނާއި ބައްދަލުކުރަށްވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެމްޓީސީސީން ކުރިޔަށްގެންދާ މަޝްރޫޢުތަކާއި ބެހޭ މައުލޫމާތު އޮޅުންފިލުވާފައެވެ. ރައީސް އޮފީހުން ވިދާޅުވީ މި ބައްދަކުރެއްވުމުގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ނައިބު ރައީސް ވަނީ އެމްޓީސީސީން ކުރިޔަށްގެންދާ މަޝްރޫޢުތައް ބާރުސްޕީޑުގައި ކުރިޔަށް ގެންދިޔަ ކަމުގައި ވިޔަސް އެ މަޝްރޫއު ތައް މޮނިޓަރ ކޮށްގެން ކުރިޔަށް ގެންދިއުމުގެ މުހިންމުކަން ފާހަގަ ކޮށްފައެވެ.

މި ބައްދަކުރެއްވުމުގައި އެމްޓީސީސީން ވަނީ އެ ކުންފުނިން ރާއްޖޭގައި ހިންގަމުންދާ އެކި މަޝްރޫއުތަކުގެ މައުލޫމާތު ނައިބު ރައީސް އާއި ހިއްސާ ކުރަށްވާފައެވެ. އަދި ބާރު ސްޕީޑްގައި މަޝްރޫޢު ތައް ކުރިޔަށްގެންދާ އިރު މަޝްރޫޢު ތައް މޮނިޓަރ ކޮށްގެން ކުރިޔަށް ގެންދާނެ ކަމުގެ ޔާގީންކަން އެމްޓީސީސީގެ އިސްވެރިން ނައިބު ރައީސް އަށް ދެއްވި އެވެ.