English Edition
Dhivehi Edition

03 އަހަރު ދުވަސް ވަންދެން ކިޑްނީ އާއި ފުއްޕާމޭގެ ކެންސަރުޖެހި ބަލިވެ އުޅުމަށްފަހު ސީތާރާމް ޕަންޗާލް މަރުވެއްޖެއެވެ. މިއަދު ހެނދުނު 54 އަހަރުގެ ސީތާރާމް މަރުވެފައިވަނީ އޭނާގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އިންޑިއަން އެކްސްޕްރެސް އަށް މައުލޫމާތު ދެމުން ސީތާރާމްގެ އާއިލާގެ މީހަކު ބުނެފައިވަނީ އޭނާ މަރުވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށްފަހުގައި ކަމެވެ. “މިހާރު ވަރަށް ބަލިކޮށް އުޅެނީ. ރަގަޅަށް ނުތެދުވެވޭތާވެސް 10 މަސްވަރުވެދާނެ. މިއަދު ހެނދުނު ނޭވާލާން އުދަގޫވެގެން އުޅުމަށްފަހު މަރުވީ” އޭނާ ބުންޏެވެ.

މީގެ ކުރިން ސިތާރަމް ވަނީ އޭނާގެ ބައްޔަށް ރަގަޅު ފަރުވާއެއް ހޯދުމަށްޓަކައި އެހީވެ ދިނުމަށްހެޔޮއެދޭ މީހުންނާއި ސަޕޯޓަރުންނަށް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އެދިފައެވެ. “އަހަންނަށް އެހީވެދީ. އަހަނަންނަށް މިވަނީ ކެންސަރުޖެހިފައި” ސިތާރަމް ފޭސްބުކްގައި ލިޔެފައިވެއެވެ. ސިތާރަމްގެ މި މެސަޖުގެ ސަބަބުން ބޮލީވުޑްގެ ބައެއް ފަރާތްތަކުން ވަނީ އޭނާއަށް އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ. ސިތާރާމް އަށް އެހީވި ފަރާތްތަކުގެ ތެރޭގައި އަނިލް ކަޕޫރު ޕްރޮޑިއުސަރު އަޝްވަނީ ޗޮއްދްރީފަދަ މީހުން ހިމެނެއެވެ.

ުބުދަ ދުވަހު އަނބިމީހާ އުމާ އާއި ދަރިފުޅު ރިޝަބް އާއި އެކު ކައިވެނީގެ ސައްބީސްވަނަ އަހަރީ ދުވަސް ފާހަގަކޮށްފައިވާއިރު އެ ފޮޓޯތައް އޭނާގެ ދަރިފުޅު ވަނީ ސޯޝަލް މީޑިއާއި ހިއްސާކޮށްފައެވެ.

ސީތާރާމް ބޮލީވުޑަށް ތައާރަފުވީ 1994 ވަނަ އަހަރު ބެންޑިތް ކުއީން އިންނެވެ. އޭނާ ވަނީ ޕީޕްލީ ލައިވް. ޕާން ސިންގް ތޯމަރު. ދަ ލެޖެންޑް އޮފް ބާގަތު ސިންގް އަދި ސްލަމްޑޯގް މިލިއަނާ ފަދަ ފިލްމުތަކުގައި މުހިއްމު ރޯލުތަކެއް އަދާކޮށްފައެވެ.

ޓެގު