English Edition
Dhivehi Edition

ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފަރުކޮޅުފުށީގައި ކުރިޔަށްދާ ޖޮބް ފެއާއަށް ރައީސުލްޖުމުހޫރިއްޔާ ގެ ނައިބު ފައިސަލް ނަސީމް ޒިޔާރަތް ކުރައްވައިފި އެވެ.

ނައިބު ރައީސް ކުރެއްވި މި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖޭގައި ކުރާ ކޮންމެ އިޤްތިޞާދީ މަސައްކަތެއްގައި ވެސް ދިވެހިންނަށް އިސްކަން ދޭންޖެހޭކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ ދިވެހި ކަނބަލުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ އަދި ސަރުކާރުގެ އިދާރާތައް ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.