އަވައްޓެރި އިންޑިޔާގެ އަސްކަރިއްޔާގެ އިސް ވެރިޔާ ޖެނެރަލް ބިޕިން ރަވާތް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އިންޑިއާ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ބިޕިން ރަވާތް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ޖެނެރަލް ބިޕިން ރަވާތް ގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި އިންޑިޔާއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 4 ގައި ކަމަށެވެ.
ޖެނެރަލް ބިޕިން ރަވާތް އިންޑިޔާ އަސްކަރިއްޔާގެ އިސްވެރިޔާގެ މަގާމަށް ހަމަޖެއްސީ 2016 ވަނަ އަހަރުގެ ޑިސެމްބަރު 31 ގައެވެ. ޖެނެރަލް ބިޕިން އަކީ އިންޑިޔާގެ ވައިގެ ސިފައިން، ކަނޑުގެ ސިފައިން އަދި ސަލާމަތީ ކަންކަމުގެ ޗީފް އޮފް ސްޓާފް އެވެ.