English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގައި ހިންގަމުން ގެންދާ އާރލީ ޓަޗް ފުޓްބޯލް އެކަޑަމީ(އީޓީއެފްއޭ)ގެ ހަވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ހުކުރުދުވަހު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ގައުމީޓީމްގެ ކުރީގެ ކެޕްޓަން އިމްރާންއެވެ. ހުޅުމީދޫ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ކުރީގެ ކުޅުންތެރިންވެސް ބައިވެރި މި ހަފްލާގައި އެ އެކަޑަމީގައި ތަމްރީނު ހޯދަމުންދާ ދަރިވަރުންވަނީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތަކެއް ކުޅެފައެވެ.

މީގެ އިތުރުން ކުރީގެ ކޯޗު އަހުމަދު ސަލީމް (ހީނާ އަހުމަދު ސަލީމު) ގެ “ހީނާ ފުޓްބޯޅަ އެކެޑެމީ” ގެ 16 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއި އީޓީއެފްއޭ މީދޫ އެކެޑެމީގެ ޓީމާއި ދެމެދުވަނީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްކުޅެފައެވެ. މި މެޗު ކަމިޔާބުކުރީ 8 ލަނޑު 0 ލަނޑުން މީދޫ އެކެޑެމީގެ ޓީމެވެ.

މި ހަފްލާގައި އީޓީއެފްއޭގެ ދަރިވަރުންނަށް ހަނދަނީ ލިއުމާއި، މެޑަލް އަދި ހަދިޔާވަނީ ހަވާލުކޮށްފައެވެ.މީދޫގައި ހިންގަމުންދާ އީޓީއެފްއޭގައި މިހާރުވެސް ހުޅުދޫ މީދޫ އަށް ނިސްބަތްވާ 120 ކުދިން ތަމްރީން ހޯދަމުންދެއެވެ.