English Edition
Dhivehi Edition

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތު ކޮމެޓީން ފާސްކުރި، ސަރުކާރުން ޓެރަރިޒަމް ޤާނޫނަށް ހުށައެޅި އިސްލާހުގެ ދަށުން ކޯޓު އަމުރަކާއި ނުލައި މީހުން ހައްޔަރުކުރެވޭނެ އެވެ.

ސަރުކާރުން ޓެރަރިޒަމް ޤާނޫނަށް މި އިސްލާހު ގެންނަން އުޅުމުން ގިނަ ރައްޔިތުން ތަކެއް ވަނީ އެކަމާއި ހިންހަމަނުޖެހުން ފާޅުކޮށް ފާޑުކިޔާފައެވެ. ނަމަވެސް ސަރުކާރުން ވަނީ މި އިސްލާހަށް ތާއިދުކޮށް ވާހަކަ ދައްކާފައެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ސަރުކާރުން ޓެރަރިޒަމް ޤާނޫނަށް އިސްލާހު ގެންނަނީ ހަގީގީ ޓެރަރިސްޓުން ހައްޔަރުކުރަން ކަމަށާއި މި ސަރުކާރުގެ ބޭނުމަކީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ހެއްދެވި ގޮތަށް ޓެރަރިޒަމް ޤާނޫނުގެ ބޭރުން އެންމެން ޓެރަރިސްޓުންނަށް ހެދުން ނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ގިނަ ސިޔާސީ ލީޑަރުންތަކެއް ވަނީ ޓެރަރިސްޓް ގެ ދައުވާކޮށް ޖަލަށް ވެސް ލާފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.