English Edition
Dhivehi Edition

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން މިއަދު ފ. އަތޮޅުގައި ބޭއްވި “ޖަޒީރާ ކެނޯ ރޭސް” ގެ އެއްވަނަ ކ. އަތޮޅުގެ ޓީމަކަށް ލިބިއްޖެއެވެ. ޖަޒީރާ ކެނޯ ރޭހުގެ އެއްވަނަ ލިބުނު ޓީމާއި މެޑަލް އަދި ފައިސާގެ އިނާމު ޙަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

ޖަޒީރާ ކެނޯ ރޭހުގެ މި މުބާރާތް ބާއްވާފައި ވަނީ ވ. އަތޮޅުގައި އެވެ. މި މުބާރާތް ފެއްޓެވުމުގެ ގޮތުން ބޭއާވި ރަސްމިއްޔާތް ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

ޖަޒީރާ ކެނޯ ރޭސް ފެއްޓެވުމުގެ ރަސްމިއްޔާތް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އައުމުގެ މައިގަނޑު ދެ ބޭނުމެއް އޮންނަ ކަމަށާއި އެއީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ރައްޔިތުން ހިނިތުންވުމާއެކު އަދާކުރާ މެހެމާންދާރީ ކަމުގައެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި މިކަންކަން އެގޮތުގައި ދެމެހެއްޓުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.

މިއަދު ފެށި ޖަޒީރާ ކެނޯ ރޭހުގެ ފުރަތަމަ ރޭސް ބާއްވާފައި ވަނީ އަންހެން ޓީމުތަކަށެވެ. އެގޮތުން ރޭސް ފެށުމުގެ ގޮތުން އަންހެން ޓީމުތައް ވަނީ ކެނޯގައި ވ. ތިނަދުއަށް ދަތުރުކޮށްފައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ވަނަ ދުވަހެވެ.