English Edition
Dhivehi Edition

މިދިޔަ ހުކުރު ދުވަހު ހެންވޭރުގެ ގެތަކުގައި އަލިފާނުގެ ހާދިސާ ހިނގި ގެތަކުގެ ތެރެއިން އެއް ގެއެއް އަރިއަޅާލައި ކައިރީގައި ހުރި އެހެން ގެއެއްގައި ޖެހިއްޖެ އެވެ.

މީސް މީޑިއާގައި އިމާރާތް އަރިއަޅާފައި ހުރި ފޮޓޯ ދައުރުވަމުންދާ އިރު ފުލުހުން އަދި ސިފައިންގެ ފަރާތުން ވެސް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާހިސާބަށް ލިބިފައެއް ނުވެއެވެ.

ހުކުރުދުވަހު މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގަރާޖެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ޖެހިގެން ހުރި 6 ގެއާއި 4 ގުދަން އެއްކޮށް ވަނީ ރޯވެފައެވެ. އަދި މިހާދިސާގައި އަލިފާން ރޯވެފައިވާލެއް ބޮޑުކަމުން 24 އިމާރާތަކަށް އަލިފާނުގެ އަސަރުލިބި ގެއްލުން ވެފައި ވެއެވެ.

އަލިފާނުގެ ހިތާމަވެރި މި ހާދިސާގައި އެތައް އާއިލާއެއްގެ ގެދޮރު ގެއްލިފައިވާއިރު މިހާތަނަށް 562 މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. މީގެތެރެއިން 267 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވެއެވެ.