ކޮމިއުނިކޭޝަން މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި
4 ހަފްތާ ކުރިން
ޝާން މުޙައްމަދު

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަގާމަށް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމިއުނިކޭޝަން މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަން ކުރަށްވާފައި ވަނީ ތ. ހިރިލަންދޫ، ތިރިންގަލި މުޙައްމަދު ޝާޠިރު އެވެ.

މުޙައްމަދު ޝާޠިރު ވަނީ މީގެ ކުރީގައި ސަރުކާރުގެ އެކި އެކި މަގާމުތައް އަދާކުރައްވާފައި އެވެ. އެގޮތުން ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި ދިވެހިރާއްޖޭގެ އަޑުގެ ސީނިއަރ އެޑިޓަރ ކަމުގެ މަޤާމާއި އެ ދާއިރާގެ އެކިއެކި މަޤާމުތައް ހިމެނެއެވެ.

Advt

Advertisement

މުޙައްމަދު ޝާޠިރު ފާހަގަ ކުރެވިގެން ގޮސްފައިވަނީ ތާރީޚް ދިރާސާކުރުމުގައި ފާހަގަ ކޮށްލެވޭ ބޭފުޅެއް ގޮތުގައެވެ. ޝާޠިރަކީ މީޑިޔާގެ ދާއިރާއިން އެކިވުޒާރާތަކަށް ފަންނީ ލަފާދެއްވުމާއި ލިޔުންތެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެއްވެސް މެއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ނައިބުގެ މަގާމު މުޙައްމަދު ޝާޠިރަށް ދެއްވާފައި ވާއިރު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ތަޢުލީމާ ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ފުރިހަމަ ކުރައްވާފައެވެ.