English Edition
Dhivehi Edition

މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރުގެ ގެތަކުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުލްﷲ މިއަދު އެސަރަހައްދަށް ވަޑައިގެންފި އެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ މިއީ ‏ހެންވޭރުގައި ހުރި ގެތަކެއްގައި އަލިފާން ރޯވެ ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށާއި، އެތަން ޢާއްމު ހާލަތަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވާ މަޢުލޫމާތު އޮޅުންފިލުއްވުމަށް ހޯމް މިނިސްޓަރ އެސަރަޙައްދަށް ކުރެއްވި ޒިޔާރަތެއް ކަމަށެވެ.

ހުކުރު ދުވަހު އެސަހައްދުގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވެގެން ހިނގި މި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު ފެތުރި ކައިރީގައި ހުރި އިތުރު 9 އިމާރާތެއް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އަދި މި ހާދިސާގައި 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު މިހާރު ސަރުކާރުން ވަނީ ކެމިކަލް ރައްކާކޮށްފައި ހުރި ތަންތަން އެމްއެންޑީއެފް ފަޔަރ ގެ އެހީތެރިކަމާއެކު ބަލާ ފާސްކޮަށްފައެވެ.