English Edition
Dhivehi Edition

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި އޮތް ބޮއިލް ބައުންސާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް ޙަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 19:39 ގައި ކަމަށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ވެހިކަލް ގެ އިންޖީނުގައި ކަމަށެވެ.

މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާއިރު އެމްއެންޑީއެފް އިން ވިދާޅުވީ ވެހިކަލް ގައި އަލިފާން ރޯވެފައި ވަނީ ވެހިކަލް މަޑުކޮށްފައި އޮތްވާ ކަމަށެވެ. އަދި އޭރު އެ ވެހިކަލްގެ ތެރޭގައި ވެހިކަލްގެ ޑްރައިވަރާއި އެހީތެރިއަކު އިން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށެވެ.