English Edition
Dhivehi Edition

މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތައް ބަލާ ފާސްކުރުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް ގެ ފަރާތުން މިއަދު ފަށައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ސިފައިން މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތައް ބަލާ ފާސްކުރުމުގެ މަސައްކަތް މި ފެށީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވެ ޖެހިގެން ހުރި 9 އިމާރާތަށް އަލިފާނުގެ އަސަރުކޮށްފައި ވަނިކޮށެވެ.

އަލިފާން ރޯވެ ހިނގި މި ނުރައްކާތެރި ހާދިސާގައި 400 އަށްވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައި ވެއެވެ. މި ހާދިސާގައި 10 އިމާރާތަށް ގެއްލުންވެ އަނދާފައި ވާއިރު އެސަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިސްނަގައިގެން ވަގުތުން ވަނީ އެރޭގައި ފަށާފައެވެ.