English Edition
Dhivehi Edition

އުމުރަކީ ހަމައެކަނި ނަންބަރެކެވެ. އުމުރުން ދުވަސްވާފަހުން މީހަކު ދެކެ ލޯބިވެ ކައިވެންޏެއް ކުރުމަކީ ވަރަށްގިނަ ގައުމުތަކުގެ މީހުން ލަދުގަންނަ ކަމެކެވެ. އެހެން ނަމަވެސް ބޮލީވުޑްގެ ބައެއް ތަރިން އެމީހުންގެ އުމުރު މަތިވެފައިވީ ނަމަވެސް ލޯބިވެރިން ހޯދުމުގައި ނޫނީ އުމުރު މަތިވާފަހުން ކައިވެނި ކުރުމުގައި އުޅެނީ ފަސްނުޖެހި މާކުރީގައެވެ. މިހާރަކަށް އައިސް ހޮލީވުޑްގައިވެސް ބޮލީވުޑްގައި ވެސް ލޯބިވާން ނޫނީ ކައިވެނި ކުރަން ވަކި އުމުރަކަށް ނުބަލައެވެ. އަންހެން މީހާ އަށް އުމުރުން ދުވަސްވެފައި ފިރިހެން މީހާ ހަނގުވިޔަސް މައްސަލައެއްނޫނެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި އަދި 1994 ވަނަ އަހަރު މިސް ޔުނިވާސްގެ ތާޖު އުފުލާފައިވާ ރީތީ އެކްޓްރެސް ސުޝްމީތާ ސެން އާއި އޭނަގެ ލޯބިވެރިޔާގެ ވާހަކަ އަކީ މިހާރު އެންމެ ގަދައަށް މީޑިއާގެ ސަމާލުކަން ހުއްޓިފައިވާ އެއްވާހަކަ އެވެ. ސުޝްމީތާ އަށް މިހާރު މުރުން 43 އަހަރު ވެފައިވާ އިރު އޭނާ ރައްޓެހިވެގެން އުޅެނީ އުމުރުން 27 އަހަރުގެ ރޯމަން ޝައުލް އާއެވެ. މިދެތަރިންގެ ލޯބީގެ ވާހަކަ ރަސްމީކޮށް މީޑިއާއާއި ހިއްސާކޮށްފައި ނުވީނަމަވެސް ދެތަރިން އެކީގައި ފޮޓޯތައްނަގައި އާއިލީ ފަންކްޝަންތަކުން ފެނި އަދި ސުޝްމީތާ އެޑޮޕްޓް ކޮށްފައިވާ އޭނަގެ އަންހެންދަރިފުޅާ ގާތް ގުޅުމެއް ރޯމަން އޮންނަކަން ދޭހަވާފަދަ ފޮޓޯތައް ދެމީހުންވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވެއެވެ.

އުމުރުން 45އަހަރުފުރިފައިވާ މަލައިކާ އަރޯރާ އޭނަގެ ކުރީގެ ފިރިމީހާ އަރުބާޒް ހާން އާއި ވަރިވީ 2017 އަހަރުއެވެ. މިދެތަރިންނަށް ވަނީ ފިރިހެން ކުއްޖަކުވެސް ލިބިފައެވެ. އަރުބާޒް އާއި މަލައިކާގެ ވަރި އަށްފަހު ދުވަސްކޮޅަކުން އޭނަ ފެންނަން ފެށީ ބޮލީވުޑްގެ މަޝްހޫރު ފިލްމް ޕްރޮޑިއުސަރ ބޯނީ ކަޕޫރްގެ ދަރިފުޅު އަރުޖުން ކަޕޫރާއެކު 34އ އާއެކު ވަގުތު ހޭދަކުރާ މަންޒަރެވެ. މިދެތަރިން އެކުަގއި ޕާޓީ ތަކަށާއި ރެސްޓޯރެންޓް ތަކަށް ދާމަންޒަރު ފެނި އެތައް ފޭނުންތަކާއި މީޑީއާގެ ސަމާލުކަން ހުއްޓުނެވެ. އަދި މީޑިއަގެ ފަލަ ސުރުހީތަކަށް މިދެތަރިންގެ ވާހަކަ އެރިނަމަވެސް އަދިވެސް މިދެތަރިންގެ ލޯބީގެ ގުޅުމެއް ވާކަމަށް ރަސްމީކޮށް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މިދެތަރިން އެކި ގައުމުތަކަށް ޗުއްޓީ ހޭދަކުރަން ދިޔުމުގެ އިތުރުން ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް ކޮށްފައިވާ ކޮމެންޓް ތަކަށްބަލައިލާ އިރު މިދެތަރިންނަކީ ލޯބިވެރިން ކަމަށް ގަބޫލުކުރެވެއެވެ.

ކުރީގެ މިސްއިންޑީއާ އަދި ބޮލީވުޑްގެ ތަރި ޕޫޖާ ބަޓްރާ އަކީ އޭނަގެ ރީތިކަމުން އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ތަރިއެކެވެ. ނަމަވެސް އޭނައަށް ވެސް ހަގީގީ ލޯބިވެިރޔާ އާއިދިމާވެ ކައިވެންޏަކާ ހަމައަށް އާދެވުނީ އުމުރުން 42 އަހަރު ވީފަހުންނެވެ. ޕޫޖާބަޓްރާ ކައިވެނިކޮށްފައިވަނީ “ޓައިގާ ޒިންދާހޭ” އިން ފެނިގެން ދިޔަ އކްޓަރެއް ކަމަށްވާ ނަވާބް ޝާހް 47އ އާއި މިއަހަރުގެ ޖުލައި މަހުގައެވެ. މިކައިވެނީގެ ހަފްލާއަކީ ހަމަ އެކަނި ދެތަރިންގެ އާއިލާ މީހުން ބައިވެރިވި ހަފްލާ އެއްކަމުން އެހާގިނަ ބަޔަކަށް މިދެތަރިންގެ ވާހަކަ އެނގިފައި ނުވެއެވެ.

އުރުމިލާ މޯޓޯންކަރ އަކީ ބޮލީވުޑްގައި ހިޓްވި އެއްފިލްމް ކަމަށްވާ “ރަންގީލާ” އިން ފެނިގެން ދިޔަ ރީތި އެކްޓްރެސްއެކެވެ. އުރުމިލާގެ ރީތި ކަމުގެ އަވައިގައި އެތައް ބަޔަކު ޖެހިފައިވީ ނަމަވެސް އޭނައަށް ލޯބިވެރިޔަކު ލިބި ކައިވެންޏަކާ ހަމައަށް އާދެވުނީ 2016 ވަނަ އަހަރުއެވެ. އުރުމިލާގެ އުމުރުން 42 އަހަރުގައި ކައިވެނިކޮށްފައިވަނީ މޮޑެލް އަދި ވިޔަފާރިވެޔެއް ކަމަށްވާ މޮހޮސިން އަކްތަރ ިޔާ ޒުވާނަކާއެވެ. އުރުމިލާ ގެ ކައިވެނީގެ ހަބަރު ކުއްލިގޮތަކަށް ލިބުމުން އެ ހަބަރާއެކު އެތައްބަޔަކަށްވަނީ ހައިރަންކަމެއްގެނުވާފައެވެ.