English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުމީދޫގައި ރޭ އުމުރުން 70 އަހަރުގެ މީހެއް ގަޔަށް ވަޅިހަރައި އެމީހާގެ އަތުން ފައިސާ ތަކެއް ފޭރުނު މީހާ ހައްޔަރުކޮށްފައި އެވެ.
70 އަހަރުގެ މީހަކަށް ވަޅިން ހަމަލާދީ އެމީހާގެ އަތުން ފައިސާތަކެއް ފޭރިގެންފި
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލައިގައި ދެ މީހަކަށް ތުހުމަތު ކުރެވިފައިވާ ކަމަށާއި، އޭގެތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޕޮލިސް ކޮމިޝަނަރު ވިދާޅުވި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކާ އަނިޔާ ކުރުމަށް ފަހު އެމީހާގެ އަތުން ފޭރިގެންފައިވާ މައްސަލައެއް ރޭ 21:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި 70 އަހަރުގެ އެ މީހާއަކީ އަންހެނެއް، އަދި އޭނާ އުޅެނީ އެކަނި ކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ. އަދި މިރޭ އޭނާއަށް ވަޅިން ހަމަލާދީފައި ވަނީ އޭނާގެ އަތަށެވެ. އަދި ލޮލަށް ވެސް ޒަހަމް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.